Advertisement

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން މުޙައްމަދު ޝަހީބު --

28 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ރައީސް ޑރ. މުއިއްޒު، ކުރީގެ ރައީސް ޔާމީނާއި ބައްދަލު ނުކުރައްވާނެ: ޝަހީބު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކުރީގެ ރައީސް ޔާމީނާއި ބައްދަލު ނުކުރައްވަނީ، އެމަނިކުފާނަކީ ޝަރުޢީ ބަންދެއްގައި ހުންނެވި ބޭފުޅަކަށް ވާތީ ކަމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން މުޙައްމަދު ޝަހީބު ވިދާޅުވެއްޖެއެވެ.

ޝަހީބު މިހެން ވިދާޅުވީ ސަރުކާރުގެ ކަންކަމާއި ގުޅޭ ގޮތުން މަޢުލޫމާތު، ޙިއްޞާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރިމަތިކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ސިޔާސީ އެހެން ލީޑަރުންނާއި ރައީސް ޑރ. މުުއިއްޒު ބައްދަލުކުރައްވާފައި ނުވާ ސަބަބާއިގުޅޭ ގޮތުން ނޫސްވެރިން ސުވާލު ދެންނެވުމުން، ޝަހީބު ވަނީ، ކުރީގެ ރައީސް ޔާމީނާއި ރައީސް ޑރ. މުހައްމަދު މުޢިއްޒު ބައްދަލުކުރެއްވުމަށް ޤާނޫނީ ގޮތުން ހުރަސްތަކެއް އޮތްކަން ދޭހަވާގޮތަށް ވާހަކަފުޅުދައްކަވާފައެވެ. 

" ސިޔާސީ އެއްވެސް ހަރާކާތެއްގައި ބައިވެރި ނުވެވޭ ގޮތަށް ޝަރުޠުކުރައްވާފައިވާ ރައީސް ޔާމީނު ގެއަށް ބަދަލުކުރައްވައި ލުއިދެއްވީވެސް. އެހެންވީމާ އެކަންތައް އެހެން އޮއްވައި، ރައީސް ޔާމީނާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްދަލު ކުރައްވައި ނުވަތަ މަޝްވަރާކުރައްވައި، ނުވަތަ ފޯނުންވެސް އެކަހަލަ ކަމެއް ކުރެއްވުމަކީ، ޤާނޫނީ ގޮތުން ރަނގަޅުކަމެއްގެ ގޮތުގައި ދެކެވަޑައެއް ނުގަންނަވާ." 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން މުޙައްމަދު ޝަހީބު --

ޝަހީބު ވިދާޅުވީ، ރައީސް ޔާމީނަށް އިތުރު ލުއިތަކެއް ނުލިބޭނަމަ އެމަނިކުފާނާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައްދަލު ނުކުރައްވާނެ ކަމަށެވެ.

ރައީސް ޔާމީނާއި، ޑރ. މުހައްމަދު މުޢިއްޒަށް ބައްދަލުނުރެއްވެނީ، ޤާނޫނީ ހުރަސްތަކެއް އޮތުމުން ކަމުގައި ޝަހީބު ފާހަގަކުރެއްވުމާއި، ގުޅިގެން، ރައީސް ޔާމީންގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމާއި ބައްދަލު ރައީސް ޑރ. މުޙައްމަދު މުއިއްޒު ބައްދަލުކުރެއްވިތޯ ސުވާލުކުރެއްވުމުން ޝަހީބު ވިދާޅުވީ، ކުރީގެ ފަސްޓްލޭޑީ ފާޠިމަތު އިބްރާހީމާއި ރައީސް ޑރ މުހައްމަދު މުއިއްޒު ބައްދަލުކުރެއްވިކަން އެނގިވަޑައިނުގަންނަވާ ކަމަށާއި އެކަން ސާފުކުރެއްވުމަށްފަހުގައި ޖަވާބެއް އަރުވާނެ ކަމަށެވެ.

އެހެން ނަމަވެސް "ނޫން.އެމްވީ"އަށް ކަށަވަރުވެފައިވާ ގޮތުގައި ސިޔާސީ ބޭފުޅުންނާއި އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުަރައްވަމުން ގެންދަވާއިރު، ރައީސް ޔާމީނާއި ގުޅުންހުރި އެއްވެސް ބޭފުޅަކާއި އަދި އެމަނިކުފާނުގެ މަންދޫބަކާއި އަދި އެމަނިކުފާނުގެ އަނބިކަނބަލުންނާއިވެސް ރައީސް ޑރ. މުހައްމަދު މުޢިއްޒު ބައްދަލުކުރައްވާފައެއް ނުވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.