Advertisement

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޝަހީބު ---

22 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ސަރުކާރަށް ފާޑުކިޔައި ލިޔުންތައް ޝާޢިއު ކުރަމުން ދިޔަ ދެ ވެބްސައިޓެއް ބަންދުކޮށްފި

މިސަރުކާރަށް ފާޑުކިޔައި ލިޔުންތައް ޝާޢިއުކުރަމުން ދިޔަ ދެ ވެބްސައިޓެއް ސަރުކާރުގެ އެންގުމަށް ބްލޮކްކޮށްފިއެވެ.

ސަރުކާރުން އަންގައިގެން ބުލޮކްކޮށްފައި ވަނީ، ކުރުސީ.ކޮމްގެ ނަމުގަޔާއި، ދިޔަވަރު.ކޮމްގެ ނަމުގައި ހިންގަމުން އައި ދެ ވެބްސައިޓެވެ. 

ވެބްސައިޓްތައް ބްލޮކް ކުރުމާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޝަހީބު ވިދާޅުވީ، ގާނޫނާއި ގަވައިދުތަކުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫސް/މަޖައްލާއެއް ސަރުކާރުން ބަންދެއްވެސް އަދި ބްލޮކެއްވެސް ނުކުރާނެ ކަމަށެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި ދެމެހެއްޓުން މި ސަރުކާރުން ކަށަވަރުކުރާނެ ކަމުގެ ޔަގީންކަން އަރުވާކަމުގައިވެސް ޝަހީބު ކުރެއްވި އެކްސްގައި ލިޔުއްވި ޕޯސްޓްގައި ވިދާޅުވެފައި ވެއެވެ.

ސަރުކާރާއި ދެކޮޅު ލިޔުންތައް ޝާއިއުކުރާ ވެބްސައިޓްތައް މިސަރުކާރުން ބަންދުކުރަން ފެށިއިރު، ފެހި ޤާނޫނު އަސާސީ ވުޖޫދަށް އައިފަހުން މި ސަރުކާރު ފިޔަވައި އެއްވެސް ސަރުކާރަކުން ބަންދުކޮށްފައެއް ނުވެއެވެ.

ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި އަސާސީ ހައްޤުތަކާއި މިނިވަންކަމުގެ ބާބުގައި، ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުން ހިމަނާފައި ވަނީ އަސާސީ ޙައްޤެއްގެ ގޮތުގައެވެ.

މިސަރުކާރުވެރިކަމަށް ގެނައުމުގައި، ކުރީ ސަރުކާރާއި ދެކޮޅަށް އަސާސެއް ނެތް ތުހުމަތުތައްކޮށް ލިޔުންތައް ޝާއިޢުކުރަމުން ދިޔަ މީޑިޔާތަކާއި ނޫސްތަކާއި އަދި ނޫސްވެރިންނާއި މެދުވެސް ކުރީ ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ސަރުކާރަށް ފާޑުކިޔާ ދެ ވެބްސައިޓެއް ބަންދުކުރުމާއި ގުޅިގެން ބައެއް ފަރާތްތަކުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.