Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

22 Dec 2023
ޚަބަރު

ބައި-އިލެކްޝަންސް ތަކުގައި ހަރަކާތްތެރިވުމަށް 300 އަށްވުރެ ގިނަ މުވައްޒަފުން ހޯދަނީ

މާލޭ ސިޓީ ކައުންސިލުގެ މޭޔަރާއި، ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަނުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، މި 2 ބައި-އިލެކްޝަނުގައި 58 ފޮށްޓެއް ބެހެއްޓުމަށް ނިންމާފައިވާކަމަށެވެ. އެއީ މާލޭ ސިޓީ ކައުންސިލުގެ ބައި-އިލެކްޝަނަށް ޚާއްސަކޮށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ބަހައްޓާ 55 ފޮށްޓަކާއި، މުލަކު ޑަބްލިއުޑީސީ ބައި-އިލެކްޝަނަށް ޚާއްސަކޮށް މުލަކާއި މާލޭގައި ބަހައްޓާ 3 ފޮށްޓެކެވެ.

ޖަނަވަރީ 13 ވާ ހޮނިހިރު ދުވަހު ބާއްވާ މި 2 ބައި-އިލެކްޝަންގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވުމަށް ގާތްގަނޑަކަށް 350 އެއްހާ އޮފިޝަލުން ބޭނުންވާ ކަމަށް އީސީން ވިދާޅުވިއެވެ. އޮފިޝަލުންނަށްވުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް މިހާރު އެ ފުރުޞަތު ހުޅުވާލާފައިވާއިރު، މިމަހުގެ 23،24 ގައި ދަރުބާރުގޭގައި އިލެކްޝަންސް ކޮމިޝަނުން ބާއްވާ ޖޮބް-ފެއަރގެ ތެރެއިންވެސް މިކަމަށް ކުރިމަތިލެވޭނެއެވެެ.  

މާލޭ ސިޓީގެ މޭޔަރާއި، ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބުކުރުމަށް ބައި-އިލެކްޝަން އޮންނާނީ ޖަނަވަރީ 13 ވާ ހޮނިހިރު ދުވަހުއެވެ. ހަމަ އެ ދުވަހު މި ބައި-އިލެކްޝަންގެ އިތުރުން މ. މުލަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއަށް މެންބަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންވެސް އޮންނާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.