Advertisement

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

22 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ރެޖިސްޓްރީކޮށްގެން ހިންގަމުން އަންނަ އޮންލައިން ނޫހެއްގެ ވެބްސައިޓްވެސް ބްލޮކްކޮށްފި

ރަޖިސްޓްރީކޮށްގެން ހިންގާ އޮންލައިން ނޫސްތަކުގެ ވެބްސައިޓްތައް ސަރުކާރުން ބްލޮކް ނުކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޝަހީބު ވިދާޅުވެފައި ވަނިކޮށް، ރާއްޖޭގައި ޤަވާއިދުން ރަޖިސްޓްރީކޮށްގެން ހިންގަމުން އަންނަ ނޫހެއްގެ ވެބްސައިޓެއްވެސް ސަރުކާރުން އަންގައިގެން ބްލޮކްކޮށްފައިވާކަން ހާމަވެއްޖެއެވެ.

ސަރުކާރުން ބްލޮކްކޮށްފައިވާ ވެބްސައިޓްތަކުގެ ތެރޭގައި ރާއްޖޭގައި އޮންލައިންކޮށް ޝާއިއުކުރަމުން އަންނަ ނޫސް "ފުރަތަމަ" ހިމެނޭކަން އެނޫހުގެ ފޭސްބުކް ޕޭޖުގައި ވަނީ ހާމަކޮށްފައެވެ.

ސަރުކާރަށް އެއްމަސް ފުރުނުއިރު ސަރުކާރާއި ދެކޮޅަށް އާއްމުންނާއި ސިޔާސީ ފަރާތްތަކުންނާއި ލިޔުންތެރިންއަންނަނީ ޝުޢޫރުތައް ފާޅުކުރަމުންނެވެ. އަދި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔައި ރާއްޖޭގެ ބޮޑެތި އޮންލައިން ނޫސްތަކުގައިވެސް އަންނަނީ ލިޔުންތައް ޝާއިޢު ކުރަމުންނެވެ.

މިގޮތުން މިވަގުތު މީޑިއާގެ އެންމެ ބޮޑު ސަމާލުކަމެއް ހުއްޓިފައި އޮތީ، ލަންކާގެ ކުންފުންޏަކަށް ބީލަމަކާއި ނުލައި، އަދި އެކުންފުންޏަށް 70 ހެކްޓަރުގެ ބިންދޭގޮތަށް މާލެ އަތޮޅު ދެކުނުބުރީގައި އޮންނަ ފުށިދިއްގަރުފަޅު ހިއްކުމުގެ މައްސަލައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.