Advertisement

ހުޅުމާލޭގެ އާއްމު ސަރަހައްދުތައް ފޮގު ކުރަން ފެށުން ---

26 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

މަދިރިކޮންޓްރޯލް ކުރުމަށް ހުޅުމާލޭގައި ފޮގުކުރަން ފަށައިފި

ފައިލޭރިއާގެ ކޭސްތަކެއް ހުޅުމާލެއިންވެސް ފެނި، އާއްމުން ކަންބޮޑުވެފައި ވަނިކޮށް، ހުޅުމާލޭގައި މަދިރި މަދުކުރުމަށް އާބަންކޯއިން ފޮގްކުރަން ފަށައިފިއެވެ.

އާބަންކޯއިން ބުނީ، ފައިލޭރިއާއިންރައްކާ ކެމްޕެއިންގެ ދަށުން ހުޅުމާލެ ފޮގް ކުރުމުގެ މަސައްކަތް އަރބަންކޯއިން މިއަދު ފަށާފައިވާ ކަމަށެވެ.

ހުޅުމާލެ ފޭސް-1 އާއި ފޭސް-2 އަކީ، ކޮންސްޓްރަކްޝަން ސައިޓްތައް ގިނަ އަދި ގަސްތައް ގިނަ ރަށެއްކަމަށް ވާތީ، ހުޅުމާލޭގައި ދިރިއުޅޭ އާއްމުންނަށް މަދިރީގެ އުނދަގޫތައް ބޮޑުވެފައެވެ. އަދި ހުޅުމާލޭގައި މަސައްކަތް ހުއްޓާލާފައިވާ ކޮންސްޓްރަކްޝަން ސައިޓްތަކުގައި މަދިރިއުފެދި އާލާވާތީ އެކަމުގެ އުނދަގޫވެސް އާއްމުންނަށް ވަރަށް ބޮޑުވެފައި ވެއެވެ.

Advertisement

ހުޅުމާލޭގައި މަދިރި މަދުކުރުމަށް އާއްމު ސަރަހައްދުތައް ފޮގު ކުރުމުގެ މަސައްކަތް އާބަންކޯއިން ފަށާފައި ވާއިރު، އެކަން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައި ވަނީ ކިހާ ދުވަހަަކަށް ކަމެއް އާބަންކޯއިން ހާމައެއް ނުކުރެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
07 Jul 2024
ޚަބަރު
އެމްްއެމްޕީއާރްސީގެ ބޯޑަށް ދެބޭފުޅަކު ޢައްޔަނުކުރައްވައިފި
އެމްއެމްޕީއާރްސީގެ ޑިރެކްޓަރުންގެ ބޯޑަށް ޢަލަށް ޢައްޔަނުކުރެއްވި ދެބޭފުޅުންނަކީ، އއ. އުކުޅަސް، އައްސޭރި އަލްފާޟިލް ޢަބްދުއްސަމީޢު ޢިމާދު އާއި ދަފްތަރު ނަންބަރު 12480 އަލްފާޟިލާ ޢާއިޝަތު ޙަމީދު ކަމުގައި ޕީބީސީން ހާމަކޮށްފައިވެއެވެ. އެދެބޭފުޅުން އެމަޤާމަށް ހަމަޖައްސަވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގައެވެެ.
07 Jul 2024
ޚަބަރު
މިޔަރުގެ މަސްވެރިކަަމަށް ހުއްދަދިނުމަށް މަޝްވަރާއެއް ނުކުރޭ: ފިޝަރީޒް
އެމްއެންޑީއެފްގެ ޓްރެއިނިންގައި އުޅުނު އޮފިސަރެއްގެ ގައިގައި މިޔަރެއް ދަތްއެޅުމުގެ ސަބަބުން ލިބުނު ޒަޚަމްތަކާއި ގުޅިގެން މިދިޔަ މަހުގެ 2 ވަނަ ދުވަހު އޭނާ ނިޔާވެފައި ވާއިރު، އެ ހާދިސާ އާއި ގުޅިގެން، މިޔަރުގެ މަސްވެރިކަން ހުއްދަ ކުރުމަށް ގިނަ ބަޔަކު ގޮވާލާފައިވެއެވެ.
07 Jul 2024
ކޮޕާ އެމެރިކާ
އުރުގުއޭއިން ބްރެޒިލް ކަޓުވާލައި ސެމީގެ ޖާގަ ހޯދައިފި
ރެފްރީގެ ކަށިގަނޑުގެ ފުމުން ގިނަ މި މެޗުގައި ޖުމްލަ 41 ފައުލް ރެކޯޑު ކުރެވިފައިވެއެވެ. މިއީ މިފަހަރުގެ މުބާރާތުގައި އެންމެ ގިނަ ފައުލް ރެކޯޑު ކުރެވުނު މެޗު ވެސް މެއެވެ. މި މެޗުގައި އުރުގުއޭގެ ޑިފެންޑަރ ނަހިތާން ނަންޑޭޒަށް 74 ވަނަ މިނެޓުގައި ވަނީ ރަތް ކާޑެއް ދައްކާ ދަނޑުން ވެސް ފޮނުވާލާފައެވެ.
07 Jul 2024
ޚަބަރު
ޓްރާންސްފޯމަރެއް ހަލާކުކޮށްލައި ކޭބަލް ވަގަށް ނެގި މީހާ އިތުރު 15 ދުވަހަށް ބަންދުކޮށްފި
ފުލުހުންގެ އިދާރާާއިން ވިދާޅުވެފައިވާ ގޮތުގައި މިދިޔަ އަންގާރަދުވަހު ކުރި އެ ވައްކަމާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ހައްޔަރުކޮށްފައި ވަނީ  ހުކުރު ދުވަހުގައެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ އެމީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޟިރުކުރުމުގައި 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލްކޯޓުން އަމުރުދީފައިވާ ކަމަށެވެ.