Advertisement

ސިފައިން އައްޑޫ ސިޓީގައި ފެންހިންދުމުގެ މަސައްކަތް ސިފައިން ކުރަނީ ---

28 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

އިއްޔެ ކުރި ވިއްސާރައިގައި އަައްޑޫ ސިޓީގެ 97 ގެއަކަށް ފެނުގެ އަސަރުކުރި

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، އައްޑޫ ސިޓީގައި ފެންބޮޑުވެ އިއްޔެ 97 ގެއަކަށް ފެނުގެ އަސަރުކޮށްފައިވާ ކަމުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ، (އެން.ޑީ.އެމް.އޭ) އިން ބުނެފިއެވެ.

އެން.ޑީ.އެމް.އޭ ބުނީ، އިއްޔެ ކުރި ވިއްސާރައިގައި އައްޑޫ ސިޓީގެ އިތުރުން ފުވައްމުލަކުގައި ފެންބޮޑުވި ނަމަވެސް ފުވައްމުލަކުގައި އެއްވެސް ގެއަަކަށް ފެންވަދެ ގެއްލުންތައް ލިބުނު ކަމުގެ ރިޕޯޓެއް ނެތް ކަމަށެވެ. އެހެން ނަމަވެސް އައްޑޫ ސިޓީގެ ރަށްތަކުގެ ތެރެއިން 5 ރަށަކުން 97 ގެއަކަށް ފެންވަދެ ގެއްލުންތައް ލިބިފައިވާކަމަށް ރިޕޯޓްކޮށްފައިވާ ކަމުގައި އެން.ޑީ.އެމް.އޭއިން ވަނީ ބުނެފައެވެ.

މިގޮތުން، އައްޑޫ ސިޓީގެ ރަށްތަކުގެ ތެރެއިން އެންމެ ބޮޑަށް ފެންބޮޑުވެ އެންމެ ގިނަ ގޭގެއަށް ފެންވަދެފައި ވަނީ އައްޑޫ ސިޓީ ފޭދޫގައެވެ. ފޭދޫގެ 60 ގެއަަކަށް ފެންވަނެވެ. މީގެ އިތުރުން، މަރަދޫގެ 13 ގެއަކަށާއި، މަރަދޫ ފޭދޫގެ 5 ގެއަކަށާއި، ހިތަދޫގެ 9 ގެއަކަށާއި، ގުޅިފައިވާ ރަށްތަކާއި ވަކިން އޮންނަ ހުޅުދޫގެ 10 ގެއަކަށް ފެންވަދެ ގެއްލުންތައް ލިބިފައިވާ ކަމުގައި ވަނީ ރިޕޯޓްކޮށްފައެވެ.

ފެންބޮޑުވުމާއި ގުޅިގެން އައްޑޫ ސިޓީގައި ޤާއިމްވެ ތިބޭ ސިފައިންނާއި ފުލުހުންނާއި އެހެން މުއައްސަސާތަކުން ގުޅިގެން ވަނީ، ކޯރު ކަނޑައި ފެންހިންދުމާއި، ވެލިބަސްތާ ޖެހުންފަދަ ކަންކަން ކޮށްފައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހި ފެންބޮޑުވާނޭ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިއްޔެ އައްޑޫސިޓީ އާ ފުވައްމުލަށް ސިޓީއަށް އޮރެންޖް އެލާޓްވެސް ނެރުނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.