Advertisement

ވިލިމާލޭގައި ފައިބަރ މަސައްކަތް ކުރާތީ އިހްތިޖާޖުކޮށްފައި. ފޮޓޯ: ސޯޝަލް މީޑިއާ

26 Dec 2023
ޚަބަރު

ވިލިމާލޭގައި ފައިބަރ މަސައްކަތް ކުރާ ފަރާތްތަކަށް ތިލަފުށިން ބިމެއް

ވިލިމާލޭގައި ފައިބަރު މަސައްކަތްތައް ކުރުން ހުއްޓާލަން ތިލަފުށިން ބިމެއް ދޭން ސަރުކާރުން ނިންމައިފިއެވެ.

މާލޭ ސިޓީ ކައުންސިލާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވީ ވިލިމާލޭގައި ކުރަމުންދާ ފައިބަރު މަސައްކަތްތަކަށް ތިލަފުށިން ބިމެއް ހަމަޖައްސަވައި ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ.

ވިލިމާލެއިން ފައިބަރު މަސައްކަތްތައް ތިލަފުއްޓަށް ބަދަލުކުރުމުން، ރައްޔިތުންނަށް ދިމާވަމުންދާ ގޮންޖެހުންތަކާއި ސިއްހީ މައްސަލަތަކަށް ހައްލު ލިބޭނެ ކަމަށް ނަރީޝް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ފައިބަރު މަސައްކަތް ކުރާއިރު އަރާ ކުނޑިން ގެއްލުންވާތީ ވިލިމާލޭ ރައްޔިތުންގެ ޝަކުވާ އަބަދު ވެސް ކައުންސިލަށް ލިބޭކަމަށެވެ. 

ވިލިމާލޭގައި ފައިބަރު މަސައްކަތް މިހާރު ކުރަނީ އެ ރަށުގެ އިރުމަތީ ފަރާތުގައެވެ. ތިލަމާލެ ބްރިޖް އެޅުމަށް އެ ސަރަހައްދަށް ފައިބަރު މަސައްކަތްތައް ބަދަލުކުރުމުން، އާންމުންގެ ޝަކުވާ ބޮޑުވެ، އިހުތިޖާޖު ވެސް ކުރިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
16 Apr 2025
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް
މަދީނާގެ ހަރަމްފުޅުގެ އިމާމް ރާއްޖެ ވަޑައިގަންނަވަނީ
ޑރ. ޞަލާޙުލްބުދައިރު ރާއްޖެއަށް ކުރާއްވާ ދަތުރުފުޅުގައި އިސްލާމީ މަރުކަޒުގައި ހުކުރު ޚުޠުބާ ދެއްވުމުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވުމުގެ އިތުރަށް، ޢާއްމު ރައްޔިތުންނަށް ދީނީ ދަރުހެއް ދެއްވުމާއި އިލްމުވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
16 Apr 2025
މެޑަން ސާޖިދާ މުޙައްމަދު
ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ކީރިތި ޤުރުއާނުން އިރުޝާދު ލިބިގަންނަން ޖެހޭ: މެޑަމް ސާޖިދާ
ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުންގެ ވާހަކަފުޅުގައި މިފަހަކަށް އައިސް ޤުރުއާން ކިޔެވުމުގެ މުބާރާތްތައް ބާއްވާ މިންވަރު އިތުރުވަމުން އަންނަކަމަށް ވިދާޅުވިއެވެ. އަދި ދިވެހި ދަރީންނާއި މުޅި މުޖުތަމަޢަކީ ކީރިތި ޤުރްއާނުގެ ހިޔާވަހިކަމަށް އެދޭ ބަޔަކަށްވުމަކީ ވަރަށް އުންމީދީ މަންޒަރެއްކަމަށާއި، އަދި އެއީ ހެޔޮ ބަދަލެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.
16 Apr 2025
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
އިސްރާޢީލު ޕާސްޕޯޓު މަނާކުރާ ބިލު ވަގުތުން ތަސްދީގުކުރައްވައިފި
އިސްރާއީލުގެ ޕާސްޕޯޓު މަނާކޮށް، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް ގެނައި އިޞްލާހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ. މި ބިލަކީ، އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.
11 Apr 2025
މޯލްޑިްވްސް ޕޮލިސް ސަރވިސް
ޓެމޫގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވުމުން ސަމާލުވާން އެދިއްޖެ
މަޤުބޫލުކަން ހޯދަމުން އަންނަ ޓެމޫގެ ނަމުގައި ސްކޭމްތައް އިރުވަމުން އަންނާތީ އެކަމަށް ސަމާލުވާން ފުލުހުން އެދިއްޖެއެވެ.