Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --

26 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ދިވެހިން އެކަކު އަނެކަކުގެ އަބުރަށާއި ޢިއްޒަތަށް ޙުރުމަތްތެރިކޮށް ހިތުމަށް މަގުދައްކައިދޭންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ދިވެހިން އެކަކު އަނެކަކުގެ އަބުރަށާއި ޢިއްޒަތަށް ޙުރުމަތްތެރިކޮށް ހިތުމަށް މަގުދައްކައިދޭންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިރޭ ދަރުބާރުގޭގައި ބޭއްވި ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ، މިއަދު އަޅުގަނޑުމެން ދިވެހިންގެ ޢާއިލީ ގުޅުންތަކަށް ފަރުވާ އެބަ ބޭނުންވާ ކަމަށާއި، އަޅުގަނޑުމެންގެ ދޭދޭ ކުލުނުވެރިކަމާއި އެއްބަނޑުއެއްބަފާކަން ގާއިމުކުރުމަށް އެހީ ބޭނުންވާ ކަމަށެވެ. އަދި ދިވެހީން، އެކަކު އަނެކަކުގެ އަބުރަށް، ޢިއްޒަތަށް ޙުރުމަތްތެރިކޮށް ހިތުމަށް، މަގުދައްކައިދޭން އެބަޖެހޭ ކަމަށާއި، އަޅުގަނޑުމެންގެ ހިތްތަކަށް ރަޙުމާއި، ކުލުނާއި، އޯގާވެރިކަމުގެ މޫސުމެއް އަންނަން އެބަޖެހޭކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހިން އެކަކު އަނެކަކުގެ އަބުރަށާއި ޢިއްޒަތަށް ޙުރުމަތްތެރިކޮށް ހިތުމަށް މަގުދައްކައިދޭންޖެހޭކަމުގައި، ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއިރު، އެމަނިކުފާނުގެ ރިޔާސީ ކެމްޕޭނުގެ ތެރޭގައި، ހަޤީޤަތެއް ނެތް ވާހަކަތަކާއި، ދޮގު އިލްޒާމްތަކުން އެތައްބައެއްގެ އަބުރާއި ޢިއްޒަތް ކަތިލައި، އިންސާނީ ނަފުސުގެ ޤަދަރާއި ހުރުމަތް ކަނޑާލައި، ސޯޝަލް މީޑިއާ އާއި މީޑިއާގެ އެހެން ވަޞީލަތްތައް މެދުވެރިކޮށް ދޮގުވާހަކަތައް ފެތުރި އެތައް ބަޔަކަށް މިސަރުކާރުގައި ވަނީ ސިޔާސީ އިސްމަޤާމުތައް ދެއްވާފައެވެ. އަދި މިއަދުވެސް އެމަނިކުފާނުގެ ސަޕޯޓަރުންގެ ތެރޭގައި ހިމެނޭ މީހުން ސަރުކާރާއި ދެކޮޅަށް އެއްޗެއް ބުނާ ކޮންމެ މީހެއްގެ އަބުރާ ޤަދަރާއި ޝަރަފާއި އިންސާނީ ކަރާމަތަށް އަރައިގަންނަމުންދާއިރު، އެފަދަކަންކަން ހުއްޓުވުމާއި ގުޅޭގޮތުން އެމަނިކުފާނުގެ ސަޕޯޓަރުންނަށާއި، އެމަނިކުފާނުގެ ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނަށް އެއްވެސް ބަސްފުޅެއް ވިދާޅެއް ނުވެއެވެ.

މީގެ އިތުރުން ސަރުކާރާއި އިދިކޮޅު ބައެއް މީހުންވެސް ގެންދަނީ، ސަރުކާރުގެ އިސްވެރިންނާއި ސަރުކާރުގެ އިސް މަޤާމުތަކުގައި ތިބި ފަރާތްތަކާއި މެދު ސާބިތެއް ނެތް ވާހަކަތައް ފަތުރައިި، އިންސާނީ ޤަދަރާއި ޝަރަފާއި ކަރާމާތް ނަގާލުމުގެ އަމަލުތައް ތަފާތުއެކި މީޑިއަމްތައް ބޭނުންކޮށްގެން ހިންގަމުންނެވެ.

ސިޔާސީ ގޮތުން ޚިޔާލުތަފާތުވާ ކޮންމެ މީހެއްގެ އަބުރަށް އަރައިގަނެ އެމީހަކާއި މެދު ދޮގުވާހަކަތައް ފަތުރައި، އިންސާނީ ޤަދަރާއި ކަރާމާތް ނަގާލުމުގެ އަމަލުތައް ޘަޤާފަތެއްގެ ގޮތުގައި ހިނގަމުން އަންނައިރު، ދިވެހިން އެކަކު އަނެކަކުގެ އަބުރަށާއި ޢިއްޒަތަށް ޙުރުމަތްތެރިކޮށް ހިތުމަށް މަގުދައްކައިދޭންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ނަމަވެސް އެކަމުގެ ތަފްސީލަަކަށްވަޑައެއް ނުގަންނަވައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.