Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

30 Dec 2023
ޚަބަރު

ޓްރިވަންޑްރަމް އެއަރޕޯޓުން ބޯޑިން އިއުލާނުކުރުން ހުއްޓާލައި ސައިލަންޓް އެއަރޕޯޓަކަށް

އިންޑިއާގެ ޓްރިވަންޑްރަމް އިންޓަނޭޝަނަލް އެއާޕޯޓުން ޖެނުއަރީ 1، 2024 ފެށިގެން ސައިލެންޓް އެއަރޕޯޓަކަށް ބަދަލުކުރުމަށް ނިންމައިފިއެވެ.  މި ނިންމުމާއިއެކު 1 ޖަނަވަރީން ފެށިގެން އެ އެއަރޕޯޓްގައި ދެން ބޯޑިންއަށް އިއުލާނެއް ނުކުރާނެއެވެ. 

އޭރުން މުޅި އެއާޕޯޓުން ވަރަށް ބޮޑަށް ހިމޭންކަން އިހްސާސް ވާނެވެ. ޓްރިވެންޑްރަމް އެއާޕޯޓް "ސައިލެންޓު އެއާޕޯޓަކަށް" ބަދަލު ކުރުމުގެ ބޭނުމަކީ ޕަސެންޖަރުންނަށް އުނދަގުލަކާ ނުލައި އެއާޕޯޓު ބޭނުންކުރުމުގެ ފުރުސަތު ފަހިކޮށްދީ، ހިމޭންކަމުގެ ފަސޭހަކަން އިހްސާސްކޮށް ދިނުން ކަމަށް ޓްރިވަންޑްރަމް އެއާޕޯޓުގެ ތަރުޖަމާނު ވިދާޅުވިއެވެ.

ސައިލެންޓު އެއާޕޯޓަކަށް ބަދަލު ކުރިޔަސް، ޕަސެންޖަރުންނަށް ބޭނުންވާ މުހިއްމު މައުލޫމާތު އެއާޕޯޓުން ފެންނަން ހުންނާނެއެވެ. ޖެނުއަރީ 1 އިން ފެށިގެން އެއާޕޯޓުން އިއުލާނު ކުރާނީ ސެކިއުރިޓީ އަދި އެމަޖެންސީ އެނައުންސްމެންޓާއި ބޯޑިން ގޭޓު ބަދަލުވުން ފަދަ މުހިއްމު އިއުލާނުތަކެވެ.

ޓްރިވަންޑްރަމްއަކީ ދިވެހިން އެންމެ ގިނައިން ޒިޔާރަތްކުރާ އެއް އެއަފޕޯޓެވެ. ބޭސްފަރުވާއާއި އެހެނިހެން ބޭނުންތަކަށްވެސް ގިނަ އަދަދެއްގެ ދިވެހިން މި އެއަރޕޯޓަށް ޒިޔާރަތްކުރެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.