Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --

29 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް އިންޑިއާ ސަފީރާ ބައްދަލުކުރިކަމަށް ސަރުކާރުން ފެތުރިވާހަކަތައް ދޮގުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރާ ބައްދަލުކުރިކަމަށް ބުނެ ސަރުކާރާއި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ފެތުރި ވާހަކަތައް އިންޑިއާ ހައިކޮމިޝަނުން ދޮގުކޮށްފިއެވެ.

ހުޅުމާލޭގައި ހުންނަ އަމީން އެވެނިއުގެ އިމާރާތުގެ ފޮޓޯތަކެއް އާއްމުކޮށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި އެމްޑީޕީގެ އެހެން ބައެއް މަޖިލިސް މެމްބަރުން އިންޑިއާ ސަފީރާއި ބައްދަލުކުރިކަމަށް ބުނެ އިއްޔެ ހަވީރުން ފެށިގެން ސޯޝަލްމީޑިއާގައި ހަޤީޤަތެއް ނެތް އެވާހަކަތައް ފަތުރާފައި ވަނީ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުންނާއި ސަރުކާރުގެ އެކި ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނެވެ.

އިންޑިއާ ހައިކޮމިޝަނުން ކުރި ޓްވީޓް --

ރޭ ޕީއެންސީއާ އެމްޑީޕީގެ 13 މަޖިލިސް މެމްބަރުން ގުޅުނު ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުވެސް އެވާހަކަފުޅު ދެއްކެވިއެވެ.

"އަޅުގަނޑު މިރޭ މިތަނަށް އައިގަޑީގައި ސޯޝަލް މީޑިއާގައި އެބަ ފެތުރޭ ފޮޓޯ، ފޮޓޯއެއް. އަޅުގަނޑު އުއްމީދުކުރަން، އެއީ ޤައުމީ ވިސްނުމެއްގައި ޤައުމަށްޓަކައި، ބޭއްވުނު ބައްދަލުވުމެއްކަމަށް. އެމްޑީޕީ މަޖިލިސް، މާފުކުރައްވާ! ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، އަދި މަޖިލިސްގެ ދެ މެމްބަރަކު، ބޭރުގެ ސަފީރަކާއި ވަރަށް ގިނަ ވަގުތު ހަވީރުންފެށިގެން، ރޭގަނޑުވަންދެން، ހުޅުމާލޭގައި ހުންނަ އަމީން އެވެނިއުގެ ކޮންމެވެސް ތަނެއްގައި ބައްދަލުކޮށްފައި، ފައިބައިގެންދާ ތަނުގެ ފޮޓޯ އެބައުޅޭ." 

ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެ އިސްވެރިން ކުރި ތުހުމަތުތައް އިންޑިއާާ ހައިކޮމިޝަނުން މިރޭ ދޮގުކުރި އިރު، ރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ވަނީ އެވާހަކަތައް ދޮގުކޮށްފައެވެ. ނުރަނގަޅު މައުލޫމާތެއްގެ މައްޗަށް އަދި ޚާއްޞަކޮށް ސޯޝަލްމީޑިއާގައި ބަޔަކު ފަތުރާ އެއްޗެއްގެ ހަޤީޤަތް އެނގުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އެގޮތަށް ވާހަކަފުޅު ދެއްކެވުންވެސް، އިދިކޮޅު ފަރާތްތަކުން ފާހަގަކޮށްފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއްގެ ގޮތުގައެވެ.

ރޭގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ އިންޑިއާ އާއި މެދު ވަރަށް ހަރުކަށި ބަހުރުވަޔަކުން ވާހަކަފުޅު ދައްކަވައި ދިވެހިރާއްޖެއަށް އިންޑިއާގެ އެހީ ބޭނުން ނުވާކަމުގައި ނުސީދާ ބަހުން ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.