Advertisement

ފޮޓޯ: އައިޔޫއެމް

03 Jan 2024
ޚަބަރު

އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރގެ މަޤާމަށް 2 ބޭފުޅުން އައްޔަންކުރައްވައިފި

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ، އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރުންގެ މަޤާމަށް 2 ބޭފުޅަކު ޢައްޔަންކުރައްވައިފިއެވެ. ޑެޕިއުޓީ ވައިސް ޗާންސެލަރުންގެ މަޤާމަށް 2 ބޭފުޅަކު ޢައްޔަންކުރައްވާފައިވަނީ އެކަމަށްޓަކާ އިސްލާމީ ޔުނިވަރސިޓީގައި ބޭއްވި ޚާއްސަ ޙަފްލާގައެވެ.

މި ޙަފްލާގައި އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އަލީ ޒާހިރު ބައިވެރިވެވަޑަގެންފައިވެއެވެ. ޑެޕިއުޓީ ވައިސް ޗާންސެލަރުންނަށް ޢައްޔަންކުރެއްވި ދެ ބޭފުޅުންނަކީ ޑރ. އައިޝަތު ވަހީދާއާއި، އަޙްމަދު އަމީން މުޙައްމަދެވެ.

ޑރ. އައިޝަތު ވަހީދާ ޢައްޔަންކުރައްވާފައިވަނީ އިސްލާމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އޮފް އެކެޑަމިކް އެފެއަރޒްގެ މަޤާމަށެވެ. އަދި އަޙްމަދު އަމީން މުޙައްމަދު ޢައްޔްނަކުރައްވާފައިވަނީ ޑެޕިއުޓީ ވައިސް ޗާންސެލަރ އޮފް އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސްގެ މަޤާމަށެވެ.

އައި.ޔޫ.އެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އޮފް އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސްގެ މަޤާމަށް ޢައްޔަން ކުރެއްވި އަޙްމަދު އަމީން މުޙައްމަދަކީ 2011 ވަނަ އަހަރު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބެޗްލާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އެންޑް މާކެޓިން ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޑެޕިއުޓީ ވައިސް ޗާންސެލަރ އޮފް އެކެޑެމިކް އެފެއަރޒްގެ މަޤާމަށް ޢައްޔަންކުރެއްވި ޑރ. އައިޝަތު ވަހީދާއަކީ ބްރޫނާއީގެ ބްރޫނާއީ ދާރުއްސަލާމް އިން ޑޮކްޓަރ އޮފް ފިލޯސޮފީ އިން އެކެޑެމިކްސް ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.