Advertisement

ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

03 Jan 2024
ޚަބަރު

"ޕްރެޒިޑެންޝަން ޔޫތު އެޑްވައިޒަރސް" ބޯޑުގެ މެންބަރަކަށްވުމަށް ހުޅުވާލައިފ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢާރަފު ކުރައްވާފައިވާ "ޕްރެޒިޑެންޝަން ޔޫތު އެޑްވައިޒަރސް" ބޯޑުގެ މެންބަރަކަށްވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ކޮށްފައިވާ އިޢުލާނުގައި ވަނީ ފަންނިއްޔާތާއި ފަންނުވެރިކަމުގެ ދާއިރާއިން 2 މެންބަރުންނާއި ޒުވާނުން ބާރުވެރިކުރުވުމުގެ ދާއިރާއިން މަސައްކަތްކުރާ އެންޖީއޯ / ސިވިލް ސޮސައިޓީތަކުން 2 މެންބަރުންނަށް އެ ފުރުޞަތު ހުޅުވާލާފައެވެ. މިއިން ކޮންމެ ދާއިރާއަކުން އަންހެނަކާއި ފިރިހެނެއް ބޯޑު މެންބަރުކަމަށް އައްޔަން ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބޯޑު މެންބަރަކަށްވުމަށް އެދޭ މީހުންނަށް އެ ފުރުޞަތު ހުޅުވާލާފައިވަނީ މިމަހުގެ 8 ވަނަ ދުވަހާހަމައަށެވެ.

ބޯޑުމެންބަރަކަށް ވުމަށް ހުށައަޅާ މީހުންނަނީ ދިވެހި ރައްޔިތެއް ކަމުގައި ވާންޖެހެއެވެ. އަދި އުމުރުން 18 އަހަރާއި 30 ދެމެދުގެ މީހެއް ކަމުގައިވުމާއި، ތަމްސީލުކުރާ ދާއިރާއާއި ގުޅޭ ފަންނީ ޤާބިލްކަން ނުވަތަ ތަޖުރިބާ ލިބިފައިވާ ފަރާތެއްކަމުގައިވެސް ވާންޖެހެއެވެ. އަދި އެމީހަކީ ވޭތުވެ ދިޔަ 5 އަހަރުގެ ތެރޭގައި ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައިވެގެން ނުވާނެކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

"ޕްރެޑިޑެންޝަލް ޔޫތު އެޑްވައިޒަރސް" ނަމުގައި ބޯޑެއް އުފެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ މިދިޔަ މަހުގައެވެ. ޔޫތު އެޑްވައިޒަރީ ބޯޑުގައި 15 މެންބަރުން ތިއްބަވާނެއެވެ. މީގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ދެ ބޭފުޅުންނާއި ޤައުމީ ޔުނިވަރސިޓީއާއި އިސްލާމިކް ޔުނިވަރސިޓީއާއި އަމިއްލަ ޔުނިވަރސިޓީއެއްގެ ސްޓޫޑެންޓް ކައުންސިލްގެ ރައީސުންނާއި ޤައުމީ ލެވެލްގެ އެތުލީޓުންގެ ތެރެއިން ހޮވާލެވޭ ދެ މެންބަރުން ތިއްބަވާގޮތަށް ހަމަޖެހިފައިވެއެވެ.

ހަމައެހެންމެ ޒުވާނުންނަށް ޚިދުމަތް ކުރުމުގެ ދާއިރާއިން ޖަމިއްޔާތައް ތަމްސީލް ކުރައްވާ ދެ މެންބަރުންނާއި ފަންނިއްޔާތާއި ފަންނުވެރިކަމުގެ ދާއިރާ ތަމްސީލުކުރައްވާ ދެ މެންބަރުންނާއި މަތީ ސާނަވީ ތައުލީމު ހާސިލްކުރަމުންދާ ދަރިވަރެއް ހިމެނޭނެއެވެ. މި ބޯޑުގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސް އައްޔަން ކުރައްވާ ދެ މެންބަރުންގެ ތެރެއިން މެންބަރެކެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.