Advertisement

މާލޭ ސިޓީގެ މޭޔަރުކަމުގެ މަޤާމަށް ވާދަކުރައްވާ އަލްއުސްތާޛާ ޢާއިޝަތު އާޒިމާ ޝުކުރު ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރ އަބުދުއްރަހީމާއި އެކުގައި ---

02 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

އާޒިމާ ހަމަސްދުވަހުގެ ތެރޭގައި އިސްލާމިކް ބޭންކަށް 4.1 މިލިޔަން ރުފިޔާ ދެއްކުމަށް ސިވިލްކޯޓުން މިއަދު ޙުކުމްކޮށްފި

މާޅޭ ސިޓީގެ މޭޔަރުގެ ކަމުގެ މަޤާމަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ، ކުރީގެ ބަންޑާރަ ނައިބު އަލްއުސްތާޛާ އާއިޝަތު އާޒިމާ ޝަކޫރާއި ދެކޮޅަށް، މޯލްޑިވުސް އިސްލާމިކް ބޭންކުން ކޮށްފައިވާ ދައުވާގެ ޝަރީއަތް ނިންމައި، އާޒިމާ އެބޭންކަށް 4.1 މިލިއަން ރުފިޔާ ދައްކަން ޖެހޭކަމަށް ކަނޑައަޅައި، އެފައި ހަމަސް ދުވަހުގެ ތެރޭގައި ދައްކައި ޚަލާސްކުރުމަށް ސިވިލްކޯޓުން އާޒިމާގެ މައްޗަށް ހުކުމްކޮށްފިއެވެ.

ސިވިލްކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވާ ގޮތުން އެމައްސަލައިގެ ހުކުމް އިއްވުވުމުގެ ޝަރީޢަތުގެ މަޖިލިހަށް އާޒިމާ ހާޟިރުވެފައިނުވާތީ އާޒިމާގެ މައްޗަށް ޙުކުމްކޮށްފައި ވަނީ އޭނާގެ ޣައިރު ހާޟިރުގައެވެ،

ސިވިލްކޯޓުގެ ހުކުމްގައި ބަޔާންކޮށްފައިވާ ގޮތުން އާޒިމާ މޯލްޑިވްސް އިސްލާމިކް ބޭންކަށް ދައްކަންޖެހޭ ފައިސާއަކީ، ޑިމިނިޝިން މުޝާރަކް ޕްރޮޕަޓީ ފައިނޭންސިންގ ފެސިލިޓީގެ ދަށުން، ދޫކޮށްފައިވާ 3.1 މިލިޔަން ރުފިޔާ އޭނާ ދައްކާފައި ނުވާތީ، ޖޫރިމަނާ އާއި ޗެރިޓީގެ ގޮތުގައި ދައްކަންޖެހޭ ޖުމުލަ، 4.15 މިލިޔަން ރުފިޔާއެވެ.

އަދި އެފެސިލިޓީ ނެގުމަށް އާޒިމާ އެބޭންކުގައި ރަހުނުކޮށްފައިވާ، ހުޅުމާލެ ލޮޓް ނަމްބަރު، 10321 ގޯއްޗާއި، އާޒިމާގެ ނަމުގައި ހުޅުމާލެއިން ގަނެފައިވާ ޕްލެޓިނަމް ފްލެޓްާއި މެދު ރަހުނުގެ އެއްބަސްވުމުގެ ދަށުން މޯލްޑިވިސް އިސްލާމިކް ބޭންކަށް ލިބިދެވޭ ހައްޤުތާކާއި ބާރުތައް ދެމި އޮންނާނެ ކަމުގައިވެސް ޙުކުމްގައި ބުނެފައިވެއެވެ.

އާޒިމާގެ މައްޗަށް ސިވިލްކޯޓުން މިއަދު ހުކުމްކޮށްފައި ވަނީ، މޯލްޑިވުސް އިސްލާމިކް ބޭންކަށް އާޒިމާ ދައްކަންޖެހޭ، 4.15 މިލިޔަން ރުފިޔާ، ކަނޑައެޅިފައިވާ ގޮތަށް މަހުންމަހަށް ބަހާލައިގެން 2 ޖުލައި 2024ގެ ކުރިން ދައްކައި ޚަލާސްކުރުމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.