ޚަބަރު
ޚަބަރު
05 Jan 2024
ޚަބަރު
3000 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ސޮއިކޮށްފި
ޖޮއިންޓް ވެންޗަރ އުސޫލުން 3000 ހައުސިންގ ޔުނިޓް ތަރައްޤީކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ފްރޭމްވޯރކް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
05 Jan 2024
ޚަބަރު
މަޖިލިސް އިންތިހާބަށް ވާދަކުރުމުގެ ފުރުސަތު ޑިކޮމްރެޓްސް އިން ހުޅުވާލައިފި
މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
05 Jan 2024
ޚަބަރު
އޮޕަރޭޝަން ވަރުގަދަކޮށް ޤަވައިދާ ހިލާފަށް ޕާކުކުރާނަމަ ފިޔަވަޅު އަޅަނީ
އާންމު ދަތުރުފަތުރަށް އުނދަގޫވާގޮތަށް ޕާކު ކުރުން މަނާ ސަރަޙައްދުތަކުގައި ބަހައްޓާފައިވާ އުޅަނދުތަކާމެދު ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
05 Jan 2024
ޚަބަރު
ނުކުމެ މިތިބީ ފިތުނައިގެ ދޮލަނގު ނަގައި ހޫރާލުމަށް: ޢަބުދުﷲ ޝާހިދު
ނ.ޣ.ޢ.ވ އަބުދުﷲ ޝާހިދު ވިދާޅުވީ، ވެރިކަމަށް އައުމަށް މިސަރުކާރުން ދެއްކީ ދޮގު ވާހަކަތަކެއްކަން މިވެރިކަމަށް 52 ދުވަސް ވީއިރު، މިހާރު ރައްޔިތުންނަށް އެނގިފައިވާ ކަމަށެވެ. މިގޮތުން އިންޑިއާ ސިފައިންނާއި ގުޅިގެން ދެއްކި ވާހަކަތަކާއި އިންޑިއާއާއި އެކު ރާއްޖެއިން އެތައް ސަތޭކަ އެއްބަސްވުމެއް ހަދާފައިވާކަމަށް ބުނެ ދެއްކި ވާހަކަތާއި، ޗާގޯސް ކަނޑުވިއްކާލީ ކަމަށް ބުނެ ދެއްކި ވާހަކަތަކަކީ ދޮގުވާހަކަތަކެއް ކަން މިހާރު ރައްޔިތުންނަށް އެނގި ހާމަވެފައިވާ ކަމުގައި ޢަބުދުﷲ ޝާހިދު ވިދާޅުވިއެވެ.
05 Jan 2024
ޚަބަރު
އައްޑޫ ބުރިޖުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމުގައި ރައީސް ވިދާޅުވެއްޖެ
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އައްޑޫ ސިޓީގައި ކުރަން ނިންމާފައި ހުރި ކަންކަމަކީވެސް ހަމަ ރައްޔިތުން ބޭނުންވެގެން، ރައްޔިތުން އެމަނިފާނު އަރިހުގައި ދަންނަވައިގެން ކުރަން ރޭވިފައި ހުރިކަންކަން ކަމަށެވެ. މިގޮތުން އައްޑޫ ސިޓީގެ ވަކިން އޮންނަ ހުޅުދޫއާ މީދު އައްޑޫ ސިޓީގެ އެހެން ރަށްތަކާއި ގުޅައިލުމަށް އަޅުއްވާނޭ ކަމުގައި ވަޢުދުވެ ވަޑައިގެންނެވި ބުރިޖުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
05 Jan 2024
ޚަބަރު
މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީގެ ނަމުގައި އައު އޮތޯރިޓީއެއް އުފައްދަނީ
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ ވެގެންދާނީ، އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ރާއްޖޭގައި ޤާއިމްކުރުމުގެ މަގު ފަހިކުރުމުގެ ގޮތުން މިވަގުތަށް އެޅޭ ފުރަތަމަ ފިޔަވަޅު ކަމުގައި ކަމަށެވެ. އަދި އެކަމާއި ގުޅިގެން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް މިހާރު ވަނީ ފެށިފައި ކަމަށާއި، އެމް.އެމް.އޭ. އާއި، ކަމާބެހޭ އެހެން ފަރާތްތަކާ ގުޅިގެން އެކަމުގެ މަސައްކަތްތައް ކުރެވެމުންދާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
05 Jan 2024
ޚަބަރު
ވެލާނާ އެއާޕޯޓު ތަރައްޤީކުރުމުގެ ބިޔަ މަޝްރޫއާއި، އިކޮނޮމިކް ޒޯން ތަރައްޤީކުރުމުގެ މަޝްރޫޢު އިފްތިތާޙްކޮށްފި
މިރަސްމިއްޔާތުގައި، ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް މިހާރު ހިނގަމުންދާ މަސައްކަތްތަކާ އެކުއެކީގައި މިރޭ އިފްތިތާހް ކުރެވުނު މި ބޮޑު މަޝްރޫޢުގެ މަސައްކަތްތައްވެސް ކުރިޔަށް ގެންދިޔުމަށް ރާވާފައިވާ ކަމަށެވެ. މިގޮތުން، މިހާރު ކުރިއަށްދާ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަކީ އަހަރަކު ޖުމްލަ 7 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތެއް ނަމަވެސް މިރޭ އިފުތިތާޙް ކުރެއްވި މަޝްރޫޢާއެކު މުޅި މަޝްރޫޢުގެ މަސައްކަތް ނިމޭއިރު ޚިދުމަތްތަކާއި ވަޞީލަތްތައް ތަރައްޤީކުރެވި، އެއަދަދު ޖުމްލަ 25 މިލިޔަނަށް އިތުރުވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
05 Jan 2024
ޚަބަރު
ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ ދައުރު އިތުރު ކުރެއްވުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވައިފި
މި ބައްދަލުކުރެއްވުމުގައި އަންހެނުން ބާރުވެރިކުރުމަށް ކުރެވޭ މަސައްކަތްތައް މިހާރަށްވުރެ ފުޅާކޮށް ކުރިޔަށްގެންދިއުމާއި ގުޅޭ ގޮތުންވެސް މަޝްވަރާ ކުރައްވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ވިދާޅުވެފައެވެެ.
05 Jan 2024
ޚަބަރު
އީރާނުގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި
އަދި ކުށެއްނެތް ޢާންމުންގެ ބަޔަކަށް ދެވުނު މި ޙަމަލާއަކީ އިންސާނީ ޙައްޤުތަކާ ބެހޭ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފުކަމެއްކަމަށާއި އަދި މިއީ އިންސާނީ ކަރާމާތަށް އިހުތިރާމެއް ނެތް، ފިނޑި ޢަމަލެއްކަމުގައި ފާހަގަ ކުރައްވާފައިވެއެވެ. އަދި ޓެރަރިޒަމްގެ މި ފިނޑި ޢަމަލު ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމުގައިވެސް އެމަނިކުފާނު ތަޢުޒިޔާގެ މެސެޖުގައި ވިދާޅުވިއެވެ.
04 Jan 2024
ޚަބަރު
ފްލެޓްތައް ލިބިފައިވާ ފަރާތްތަކަށް ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމުގައި އެފްޑީސީން ބުނެފި
އެފްޑީސީން ބުނީ ފްލެޓްތަކުގެ މަސައްކަތް 3 ޝިފްޓަކަށް ބަހާލައިގެން މެދުކެނޑުމެއް ނެތި 24 ގަޑިއިރު ކުރަމުންދާ ކަމަށެވެ. އަދި ފްލެޓްތައް ލިބިފައިވާ ފަރާތްތަކަށް ވީހާވެސް އަވަހަކަށް ފްލެޓްތައް ހަވާލުކުރުމުގެ ގޮތުން އެއްބަސްވުންތަަކުގައި ސޮއިކުރަން ފެށުމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމުގައިވެސް އެކުންފުނިން ވަނީ ބުނެފައެވެ.
04 Jan 2024
ޚަބަރު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އާދީއްތަ ދުވަހު ޗައިނާއަށް ފުރާވަޑައިގަންވަނީ
ރައީސުލްޖުމްހޫރިއްޔާ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މާލެއިން ފުރާވަޑައިގަންނަވާނީ، ޖެނުއަރީ މަހުގެ 7 ވަނަ ދުވަހުގައެވެ. އަދި އެނބުރި މާލެ ވަޑައިގަންނަވާނީ، ޖެނުއަރީ މަހުގެ 12 ވަނަ ދުވަހުގައެވެ
04 Jan 2024
ޚަބަރު
ފައިލޭރިއަށް ޓެސްޓު ކުރުމުގެ ބޮޑު ހަރަކާތެއް ފަށަން ތައްޔާރުވެއްޖެ
ފައިލޭރިއާ ބައްޔަށް ޓެސްޓް ކުރުމުގެ ބޮޑު ހަރަކާތެއް ކުރިއަށް ގެންދިޔުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ނިންމައިފިއެވެ. މި ހަރަކާތް އަންނަ ހަފްތާގައި މާލޭގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.
04 Jan 2024
ޚަބަރު
އެލައިޑް "ޕްރިމިއަމް ފޯ ގުޑް"ގެ ދަށުން ފައިސާގެ އެހީތެރިކަން 10 ތަނަކަށް
އެލައިޑް އިންޝުއަރެންސްގެ ސީއެސްއާރް "ޕްރިމިއަމް ފޯ ގުޑް"ގެ ދަށުން ފައިސާގެ އެހީތެރިކަން ލިބޭ ފަރާތްތައް އިއުލާންކޮށްފިއެވެ.
04 Jan 2024
ޚަބަރު
ފާޑުކިޔުންތަކަށް ކެތްނުވެ އެންމެ ފަސްދުވަހުގެ ތެރޭގައި އަލްހާން މަޖިލީހުގެ ގޮނޑިއަށް ވާދަކުރުމުގެ ޚިޔާލު ދޫކޮށްލައްވައިފި
އަލްހާން ވިދާޅުވީ، ކުންފުނީގެ މާލީ މުޢާމަލާތާއި ގުޅިގެން ކުންފުނިން އަދާކުރަންޖެހޭ ޒިންމާތައް ނުނިންމާ، މިފަދަ އިންތިޚާބެއްަަގައި ވާދަކުރުމަކީ އޭނާގެ ހިތަށް އެހާ ފަސޭހަ ކަމަކަށް ނުވިކަމަށެވެ. އެހެންވެ އެމްޑީޕީގެ ފަރާތުން ކާށިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް ވާދަކުރުމަށް ނަންހުށައެޅި ހުށައެޅުން އަނބުރާ ގެނެސްފައިވާ ކަމުގައިވެސް އަލްހާން ވިދާޅުވިއެވެ.
04 Jan 2024
ޚަބަރު
ހުޅުމާލޭގެ މުނިސިޕަލް މަސައްކަތްތައް މާލޭ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމުގެ ފަހުމުނާމާއެއްގައި ސޮއެކޮށްފި
މާލޭ ސިޓީކައުންސިލްގެ ދަށަށް ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތަކާއި ގުޅޭ އެންމެހައި ކަންކަން، މިހިނގާ ޖެނުއަރީ މަހުގެ 31 ގެ ކުރިން ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. މިގޮތުން އެމަނިކުފާނު ނިންމަވާފައި ވަނީ، ހުޅުމާލޭގެ މުނިސިޕަލް ބިންތަކާއި ސާމާނާއި މެޝިނަރީޒް އަދި ހުރިހާ މުވައްޒަފުންވެސް މާލޭ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމަށެވެ. އަދި މުވައްޒަފުން ބަދަލު ކުރާއިރު ބަދަލުކުރާނީ، އާބަންކޯގައި މުވައްޒަފުން ތިބި އިރު ލިބެމުން އަންނަ މުސާރަ އާއި އިނާޔަތްތައް ކުޑަނުވާނޭ ގޮޮތަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
04 Jan 2024
ޚަބަރު
ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް ސާރވޭކުރުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފި
މިއެއްބަސްވުމުގައި ސޮއެކުރުމަށް ބޭއްވި ރަސްމިއްޔާތަށް ފަހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. ޢަބުދުﷲ މުއްޠަލިބު ވިދާޅުވީ، ވިލިމާލޭގެ 5.6 ކިލޯމީޓަރުގެ މަގު ޒަމާނީ ފެންވަރަށް ހެދުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިމަޝްރޫޢަށް ބޭނުންވާ ސަރވޭގައި ބަލާނީ މަގުތަކުގެ ހާލަތާއި، މަޝްރޫޢަށް ހިނގާނެ ޚަރަދުކަމުަގައިވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މަގުތައް ފަރުމާކުރެވޭނީ، ޖުމުލަ ގޮތެއްގައި މަގުތަކުގައި މެދުވެރިވާ މައްސަލަތަކަށް ހައްލެ ހޯދޭނެ ގޮތަށް، ކަރަންޓާއި ފެނާއި ނަރުދަމާގެ ހޮޅިތަކާއި، ކޭބަލްތައް އެޅޭނެ ގޮތަށް ދެމެހެއްޓެނިވި ގޮތެއްގައިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.