Advertisement

ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. ޢަބުދުﷲ މުއްޠަލިބު ---

05 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

އަމިއްލަ ބިލްޑިން ކޯޑުތައް ހެދުމުގެ ބާރު ކައުންސިލްތަކަށް ނޯންނާނެ: ކޮންސްޓްރަކްޝަން މިނިސްޓަރ

ވަކި ވަކި ކައުންސިލްތަކުން އަމިއްލައަށް ބިލްޑިން ކޯޑުތައް ހަދައި ތަންފީޒްކުރުމުގެ ބާރެއް، ކައުންސިލްތަކަށް ނޯންނާނެ ކަމުގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ، ޑރ. ޢަބުދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައި ވަނީ އެކްސްގައި އެމަނިކުފާނު ކުރެއްވި ޕޯސްޓެއްގައެވެ. މިނިސްޓަރ މިޕޯސްޓް ކުރެއްވީ، މާލެ އަތޮޅު މާފުށީ ކައުންސިލުން،  ކ. މާފުށީގައި ބިލްޑިން ކޯޑެއް އެކުލަވާލުމަށް ބޭނުންވާކަން ހާމަކޮށް އެކަން ކޮށްދޭނެ ފަރާތެއް ހޯދުމަށް ޢިއުލާނު ކުރުމާއި ގުޅިގެން ބައެއް ފަރާތްތަކުން މިނިސްޓަރުގެ ސަމާލުކަމަށް އެކަން ގެންނެވުމާއި ގުޅިގެންނެވެ.

ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. ޢަބުދުއްﷲ މުއްޠަލިބު އެކްސްަގައި ލިޔުއްވި ޕޯސްޓް --

ބިނާވެށީގެ ޤާނޫނުގެ މާއްދާތައް ހިމަނުއްވައި، އެކަމަށް މިނިސްޓަރ ޖަވާބު ދެއްވާފައި ވާއިރު، މާފުށީ ކައުންސިލުން ބުރާފަތި ދުވަހު ކުރި ޢިއުލާނު ގެޒެޓުން ނަގާފައެއް ނުވެއެވެ. 

ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އަމަލުކުރަމުންދާ ދިވެހިރާއްޖޭގެ ބިނާވެއްޓާއި އިމާރާތް ކުރުމުގެ ޤާނޫނުގެ، 95 ވަނަ މާއްދާގެ (ހ)ގައި ބުނެފައި ވަނީ، ބިލްޑިންގ ކޯޑުތައް ހަދަންޖެހޭނީ ކޮންސްޓްރަކްޝަން މިނިސްޓްރީން ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.