Advertisement

ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާ ގެމެމްބަރު، ޙަސަން އަޙްމަދު (ހަސަންޓޭ) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒަށް މެމްބަރޝިޕް ފޯމް ހަވާލުކުރެއްވުން --

07 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

މެމްބަރު ހަސަންޓޭ އެމްޑީޕީ ދޫކޮށްލައްވައި ޕީއެންސީއަށް ސޮއެކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާ ގެމެމްބަރު، ޙަސަން އަޙްމަދު (ހަސަންޓޭ) އެމްޑީޕީން ވަކިވެވަޑައިގެން ޕީއެންސީއަށް ސޮއެކުރައްވައިފިއެވެ.

މެމްބަރު ޙަސަން އަޙްމަދު ޕީއެންސީއަށް ސޮއެކުރެއްވިކަން އޭނާ އިޢުލާނު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް މެމްބަރޝިޕް ފޯމް ހަވާލުކުރައްވާ ފޮޓޯއަކާއި އެކު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާ ގެމެމްބަރު، ޙަސަން އަޙްމަދު (ހަސަންޓޭ) ---

އިނގުރައިދޫ ދާއިރާ ގެމެމްބަރު، ޙަސަން އަޙްމަދު (ހަސަންޓޭ) ޕީއެންސީއަށް ސޮއެ މިކުރެއްވީ، އެމްޑީޕީގެ އިތުރު މަޖިލިސް މެމްބަރުންތަކެއް ޕީއެންސީއާ ގުޅޭނެ ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައި ވަނިކޮށެވެ.

ހުސްވި 28 ޑިސެމްބަރުގައި ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ބޭއްވި ޖަލްސާއެއްގައި، އެމްޑީޕީގެ 13 މަޖިލިސް މެމްބަރަކުވެސް ޕީއެންސީއަށް ސޮއެކުރައްވާފައިވެއެވެ.

މެމްބަރު ޙަސަން އަޙްމަދު ޕީއެންސީއަށް ސޮއެކުރެއްވުމާއިއެކު އެމްޑީޕީގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 42އަށް ދަށްވެ، ޕީއެންސީގެ މަޖިލިސް މެމްބަރުންގެ އަދަދު 16އަށް މަތިވާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.