Advertisement

އާބަންކޯގެ މުވައްޒަފުން ހުޅުމާލެ ސާފުކުރުމުގެ މަސައްކަތުގައި ---

06 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ސިޓީ ކައުންސިލްގެ ދަށަށް ބަދަލުވާ މުވައްޒަފުންނަށް މިހާރު ލިބޭ މުސާރަ ކުޑަ ނުވާނެ: ރައީސް

ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް އެޗްޑީސީން ސިޓީކައުންސިލްގެ ދަށަށް ބަދަލުވެގެންދާއިރު، ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް، މިހާރު ލިބޭ މުސާރަ އާއި އިނާޔަތްތައް އުނިނުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލޭ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމާއި ގުޅޭ ގޮތުން، މީގެ ކުރިން ދެއްކެވި ވާހަކަފުޅުތަކުގައިވެސް ރައީސް ވަނީ އެކަން ފާހަގަކުރައްވާފައެވެ. އެހެން ނަމަވެސް އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ، ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް އެޗްޑީސީން އެމްސީސީއަށް ބަދަލުކުރުމާ ގުޅިގެން އެޗްޑީސީގެ ބައެއް މުވައްޒަފުންގެ ކަންބޮޑުވުންތައް ވަނީ ލިބިވަޑައިގެންފައި ކަމަށެވެ.

އަދި ކުރިޔަށް އޮތް އަހަރުގެ ތެރޭގައި މުވައްޒަފަކަށް މުސާރައާއި، އިންޝުއަރެންސް، ނުވަތަ އެނޫންވެސް އިނާޔަތްތަކެއް، މިހާރު ލިބޭ މިވަރަކަށް ވުރެ ކުޑަނުވާނެ ކަމަށާއި، އަދި މުސާރައާއި އިނާޔަތްތައް ކުޑަ ވަޒީފާއެއް ޤަބޫލުކުރަން މަޖުބޫރު ނުކުރާނެ ކަމުގެ ފުރިހަމަ ޔަޤިންކަންވެސް ދެއްވާކަމުގައި ރައީސް، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އެކްސްގައި ލިޔުއްވި ޕޯސްޓް --

މާލޭ ސިޓީކައުންސިލާއި އެޗްޑީސީގެ މުވައްޒަފުންގެ މެދުގައި މުސާރައިގެ ތަފާތުތައް ހުރުމާއިއެކު، އާބަންކޯގައި ވަޒީފާ އަދާކުރާ މީހާކާއި ހަމަ އެ މަޤާމުގައި ސިޓީ ކައުންސިލްގައި ވަޒީފާ އަދާކުރާ މީހެެއްގެ މުސާރައިގައި ވަރަށް ބޮޑު ފަރަޤެއް އެބަހުއްޓެވެ. އެހެންވެ އާބަންކޯގެ މުވައްޒަފުންގެ ކަންބޮޑުވުމަކީ، ވަޒީފާ ބަދަލުވެގެން ދާއިރު، އެމީހުންގެ މަޤާމުތަކުގެ މުސާރަ އާއި ޢިނާޔަތްތައް މާލެ ސިޓީ ކައުންސިލްގައި އޮތް އޮނިގަނޑަށް ފައްތައިލުމުން ލިބޭ މުސާރަ ކުޑަވެގެން ހިނގައިދާނެ ކަމުގެ ކަންބޮޑުވުމެވެ. އެހެން ނަމަވެސް އެކަމާއި މެދު ސަރުކާރުން ވިސްނައި އެކަމަށް އެކަށިގެންވާ ނިޒާމެއް ޤާއިމްކޮށް ތަންފީޒް ކުރައްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލޭ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް 1 ޖެނުއަރީން ފެށިގެން ސަރުކާރުން ވަނީ ފައްޓަވާފައެވެ. އަދި ސަރުކާރުން އަމާޒި ހިފާފައި ވަނީ ޖެނުއަރީ މަސް ނިމުމުގެ ކުރިން ހުޅުމާލޭގެ ހުރިހާ މުނިސިޕަލް ޚިދުމަތްތަކާއި ބިންތަކާއި މެޝިނަރީޒްއާ މުވައްޒަފުން މާލޭގެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކޮށް ނިންމުމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.