Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް --

07 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

މަޝްރަހު ގޯހުން ގޯހަށް، ސަރުކާރުގެ ބަހެއް ނެތް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އިންޑިއާގެ ޓެރިޓަރީއެއްގެ ގޮތުގައި އޮތް ލަކްޝަދީބަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ލަކްޝަދީބުގެ ޓުއަރިޒަމް ޕްރޮމޯޓް ކުރެއްވުމަށް، ސޯޝަލްމީޑިއާއަށް ދޫކޮށްލި ޕޯސްޓްތަކަށް ސަރުކާރުގެ އިސް ބައެއް މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ދެއްވި ރައްދުތަކާއި ގުޅިގެން ދެޤައުމުގެ ދެމެދުގައި ނުތަނަވަސްކަން ބޮޑުވެއްޖެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ލަކްޝަދީބުގެ ޗާލުކަމަށް ކުރެއްވި ތަޢުރީފާއިއެކު، އިންޑިއާގެ ސިޔާސީ ބައެއް ފަރާތްތަކުން، ލަކްޝަދީބުގެ ރަށްތަކާއި ދިވެހިރާއްޖޭގެ ފަތުރުވެރިކަން އަޅައި ކިޔައި ދެއްކި ވާހަކަތަކަށް މިސަރުކާރުގެ މިނިސްޓަރުންގެ ނައިބު ފެންވަރުގައި ތިބި ބޭފުޅުން ދެއްވި ބޭ އިޙްތިރާމާއި ބޭއަދަބީ ރައްދުތަކުގެ ސަބަބުން، ދެޤައުމުގެ ރައްޔިތުންގެ މެދުގައި ބަދަލުކުރެވޭ ބަހުގެ ހަމަލާތައް ވަނީ ހޫނުވެގެން ގޮސްފައެވެ. އަދި އިންޑިއާގައި ރާއްޖެއަށް ޗުއްޓީހޭދަކުރުމަށް އިންޑިއާގެ ރައްޔިތުން ނުދިޔުމަށް ގޮވާލައި ސޯޝަލްމީޑިއާ ކެމްޕޭންތައް ވަރުގަދަ ކުރަމުންދާއިރު، ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައުމަށް ރާވާފައިވާ ބައެއް ފަރާތްތަކުން އެފަރާތްތަކުގެ ބުކިންތައް ކެންސަލްކޮށް ސޯޝަލް މީޑިއާގައި އެކަން ދަނީ ހާމަކުރަމުންނެވެ. މީގެ އިތުރުން އިންޑިއާއާއި ދިވެހިރާއްޖޭގެ ރައްޔިތުންގެ މެދުގައި ސޯޝަލް މީޑިއާގައި ބަދަލުކުރެވެމުންދާ ބަހުގެ ހަމަލާތަކާއި ގުޅިގެން އިންޑިއާގެ މީޑިއާތަކުން ދަނީ އެޚަބަރުތައް ގެނެސްދެމުންނެވެ.

މީގެ އިތުރުން، މިހާރު އުފެދިގެން މިއުޅޭ މައްސަލަގަނޑާއިއެކު، ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތް ކުރައްވާ އިސްބޭފުޅުންވެސް ގެންދަވަނީ އެކަމާއި މެދު ކަންބޮޑުވުންތައް ފާޅުކުރަމުންނެވެ.

އިންޑިއާގެ ބޮޑު ވަޒީރަށް މިސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ކިޔުއްވާފައިވާ ބޭއަދަބީ ފާޑުކިޔުންތަކާއި ރައްދުތަކާއި ގުޅިގެން، މަޝްރަޙް ގޯހުން ގޯހަށް ދާއިރު، މަޝްރަހު ފިނިކުރިމަށް ސަރުކާރުން ކުރާ މަސައްކަތެއްގެ މައުލޫމާތެއް މިހާތަނަށް ނުލިބުނެވެ. ރައީސުލްޖުމްހޫރިއްޔާގެ ބަހެއްވެސް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިއުނިކޭޝަންސް އޮފީހުގެ ބަހެއްވެސް، އަދި ފޮރިން މިނިސްޓަރ މޫސާ ޒަމީރުގެ ބަހެއްވެސް މިހާތަނަށް ނުލިބުނެވެ.

އެޑިޓޯރިއަލް ނޯޓް:

މިއަދު ހަވީރުން ފެށިގެން ސަރުކާރުގެ ބަހެއް ލިބޭތޯ މަސައްކަތް ކުރެވުނު ނަމަވެސް، މިޚަބަރު ޝާއިއުކުރުމާއި ހަމައަށް ސަރުކާރުގެ ރަސްމީ އެއްވެސް ފަރާތެއްގެ ބަހެއް މިކަމުގައި ލިބޭގޮތް ވަނީ ނުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.