Advertisement

ފޮޓޯ: ފަންގް ފަންގް

06 Jan 2024
ޚަބަރު

ފުރަތަމަ ފަހަރަށް ޗައިނާ މީހުންނަށް ދިވެހި ބަސް ދަސްކޮށްދިނުމަށް ފޮތެއް ނެރެފި

ޗައިނާ މީހުންނަށް ދިވެހި ބަސް ދަސްކޮށްދިނުމަށްޓަކައި ފުރަތަމަ ފަހަރަށް ފޮތެއް ނެރެފިއެވެ.

މި ފޮތް ލިބެފައިވަނީ ޗައިނާގެ މީހެއްކަމަށްވާ ފަންގް ފަންގްއެވެ. މި ފޮތައް ދީފައިވާ ނަމަކީ "ދިވެހި ބަސް"އެވެ.

މި ފޮތަކީ, ދިވެހި ބަހާއި ޗައިނާ ބަސް ހިމެނޭގޮތައް ބަސް ދަސްކޮށްދިނުމަށް ލިޔެފައިވާ ފޮތެކެވެ. ފަންގް އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ފޮތުގެ ބައެއް ފޮޓޯތައް ހިއްސާކޮށްފައެވެ. އޭނާ ބުނީ, މި ފޮތާއެކު ޗައިނާ މީހުންނަށް ދިވެހި ބަސް ދަސްކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

މި ފޮތް ލިޔުމަށް އޭނާގެ ދިވެހި ރައްޓެހިންގެ ފަރާތުން ލިބުނު އެހީތެރިކަމަށް ވަނީ ޝުކުރު އަދާކޮށްފައެވެ. މި ފޮތް އަލީ އެކްސްޕްރެސްއިން ލިބޭނެއެވެ. 

އޭނާ ދިވެހި ބަސް ދަސްކުރަން ފެށީ 2013 އެވެ. އޭނާ ވަނީ ދިވެހިބަހުގެ ކޯސް ރާއްޖޭގެ ގައުމީ ޔުނިވާސިޓީން ފުރިހަމަކޮށްފައެވެ. އަދި މިހާރު އޭނާ އަންނަނީ ބެއިޖިން ފޮރިން ސްޓަޑީސް ޔުނިވާސިޓީގައި ދިވެހި ބަސް އުނގަންނައިދެމުންނެވެ.

ރާއްޖެއަކީ ޗައިނާގެ ފަތުރުވެރިން ގިނަ އަދަދަކަށް އަންނަ ޤައުމެކެވެ. މިހާރުވެސް 3 ވަނައަށް ރާއްޖެއަށް އެންމެ ގިނައިން އަންނަނީ ޗައިނާ ފަތުރުވެރިންނެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.