Advertisement

މާފަރު އެއާޕޯޓުގައި ޖެޓްތައް ޕާކުކޮށްފައި // ފައިލް ފޮޓޯ

07 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

މާފަރު އެއާޕޯޓުން ޖެޓްފިއުލް ނުލިބިގެން ޕްރައިވެޓް ބައެއް ޖެޓްތަކަށް ނުފުރި ތާށިވެއްޖެކަމަށް ބުނާވާހަކަ ދޮގުކޮށްފި

މާފަރު އެއާޕޯޓުން ޖެޓްފިއުލް ނުލިބިގެން ޕްރައިވެޓް ބައެއް ޖެޓްތަކަށް ނުފުރި ހަތަރު ފަސްދުވަސްވެއްޖެކަމަށް ބުނާވާހަކަ އައިލެންޑް އޭވިއޭޝަން ސަވިސަސްއިން ދޮގުކޮށްފިއެވެ.

އައިލެންޑް އޭވިއޭޝަންގެ އޮފިޝަލަކު ވިދާޅުވީ، މާފަރު އިންޓަރނޭޝަނަލް އެއާޕޯޓަށް ޖައްސާ އަދި ފުރާ ޖެޓްތައް މިދުވަސްވަރު އިތުރުވެގެން ގޮސްފައިވާއިރު، ޖެޓްފިއުލް ފޯރުކޮށްދިނުމުގައި ކޮންވެސް ވަރެއްގެ ދަތިތަކެއް ދިމާވި ކަމަށެވެ. އެހެން ނަމަވެސް އެއްވެސް ފްލައިޓަކަށް ފިއުލް ނުލިބިގެން ނުފުރިފައި ނުވާކަމަށާއި، އެފަދަ ހާލަތެއް މެދުވެރި ނުވާކަމުގައި އައިލެންޑްއޭވިއޭޝަނުން ވަނީ ބުނެފައެވެ.

މާފަރު އެއާޕޯޓުން ޖެޓް ފިއުލް ނުލިބިގެން ބައެއް ޖެޓްތައް ނުފުރި ދަތުރުތައް ލަސްވިވެފައިވާ ކަމުަގއި ވިދާޅުވީ، އިނަ މޯލްޑިވްސްގެ ސީއީއޯ މުޙައްމަދު ފިރާޤެވެ. 

ރާއްޖޭގެ ފަތުރުވެރިކަމާއި އިންޑިއާގެ ފަތުރުވެރިކަމާއި މެދު ދެޤައުމުގެ ސިޔާސީ ފަރާތްތަކާއި އަދި ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ބަހުގެ ހަމަލާތަކެއް ބަދަލުކުރަމުންދާ ދަނޑިވަޅެއްގައި، އެކްސްގައި ފިރާޤު ލިޔުއްވި ޕޯސްޓްގައި ވިދާޅުވީ، ބޭރު ޤައުމުތަކުގެ ޓުއަރިޒަމްގެ ވާހަކަ ދެއްކުމަށްވުރެ، ރާއްޖޭގެ ކުރިއެރުމުގެ ވާހަކަ ދެއްކުން މާރަނގަޅު ކަމަށެވެ. އަދި މިހާރުވެސް މާލެ ފިޔަވައި އެންމެ ބިޒީ އެއާޕޯޓު މާފަރުން ފްލައިޓްތަކަށް އަޅާތެޔޮ ހުސްވެފައި ހުންނަތާ 4 ދުވަސް ވަނީ ކަމަށާއި، ހަތަރު ފަސް ޕްރައިވެޓް ޖެޓް ނުފުރިފައި އެބައޮތްކަމުގައި ފިރާޤު ލިޔުއްވާފައިވެއެވެ.

ފިރާޤު ވިދާޅުވީ، ޕްރައިވެޓް ޖެޓްތަކުގައި އެންމެ މުއްސަނދިން އައިސް ރާއްޖޭގައި ތާށިވާން ބޭނުން ނުވާނެ ކަމަށާއި ޕްރައިވެޓް ޖެޓްގައި އަންނަނީވެސް ބޭނުން އިރަކު ފުރަން ބޭނުންވާތީ ކަމަށެވެ. އަދި މާފަރު އެއާޕޯޓުން ޖެޓްފިއުލް ހުސްވުމަކީ، ޕްލޭން ކުރުމުގައި ފަރުވާކުޑަވުމުގެ މައްސަލައެއް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. ފިރާޤު ވިދާޅުވީ، ފޭސްބުކް ސޯޝަލް މީޑިއާފަދަ، ޕްލެޓްފޯމްތަކުގައި މުޅި 24 ގަޑިއިރު އުޅުމަށްވުރެން، ޒިންމާ އުފުލަން ހަވާލުވި ވަޒީފާއަދާކުރުން މާމުހިއްމު ކަމަށެވެ.

އިންޑިއާއިން ލަކްޝަދީބުގައި ފަތުރުވެރިކަން ތަރައްޤީކޮށް ހުޅުވާލުމުގެ ވިސްނުންފުޅެއް ހާމަކޮށް އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީގެ ސޯޝަލްމީޑިއާ ޕްލެޓްފޯމްތަކުގައި ޕޯސްޓްކުރި ފޮޓޯ އާއި ވީޑިއޯ ކޮންޓެންޓާއި ގުޅިގެން ރާއްޖޭގެ ސިޔާސީ އެކްޓިވިސްޓުންނާއި، ސަރުކާރުގެ މިނިސްޓަރުންގެ ނައިބުންގެ ފެންވަރުގައި ތިއްބެވި ބޭފުޅުން ދެއްކެވި ބޭއަދަބީ ވާހަކަތަކާއި ގުޅިގެން ފިރާޤު ވިދާޅުވީ، އިންޑިއާއިން ލަޝަދީބުގައި ފަތުރުވެރިކަން ތަރައްޤީކުރުމަކީ، ރާއްޖެއިން ކަންބޮޑުވާންވީ ކަމެއް ނޫންކަމަށެވެ.

އިނަ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާޤު --

އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ ލަކްޝަދީބުގެ ރަށްތަކަށް މިހަފްތާ ބަންދުގައި ބުރާސްފަތި ދުވަހު ކުރެއްވި ދަތުރުފުޅަށްފަހު، ސޯޝަލްމީޑިއާގައި ފެށުނު ބަހުގެ ހަމަލާތައް ފުޅާވެ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ސީދާގޮތުން އެކަމުގެ އަސަރުތައް ވަނީ ކުރަން ފަށާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.