Advertisement

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

07 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ރައީސް އޮފީހުގެ ވެބްސައިޓް ހިމެނޭ ގޮތަށް، ސަރުކާރުގެ މައި އިދާރާތަކުގެ ވެބްސައިޓްތައް ޑައުންވެއްޖެ

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓް ހިމެނޭ ގޮތަށް ސަރުކާރުގެ މުހިއްމު އިދާރާތަކުގެ ވެބްސައިޓްތައް ޑައުންވެއްޖެއެވެ.

މިގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓާއި، މިނިސްޓްރީ އޮފް ޓުއަރިޒަމްގެ ވެބްސައިޓާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ވެބްސައިޓް ވަނީ ޑައުންވެފައެވެ.

ނޫން.ޑޮޓްއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުަގައި، ސަރުކާރުގެ މުހިއްމު އިދާރާތަކުގެ މައިވެބްސައިޓްތައް ޑައުންކޮށްލާފައި ވަނީ ސައިބާ ހަމަލާތަކެއް ދީގެންނެވެ. އެހެން ނަމަވެސް އެކަން ސަރުކާރުން ކަށަވަރުކޮށެއް ނުދެއެވެ. އަދި ރާއްޖޭގެ ސަރުކާރުގެ އިދާރާތަކަށް އަމާޒުކޮށް ސައިބަރ ހަމަލާއެއް ދިންކަމުގެ ޒިންމާ އެއްވެސް ބަޔަކު އުފުލާފައެއް ނުވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ އެކްސް އެކައުންޓުންކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ ދިމާވި މައްސަލަ ހައްލުކުރުމަށް އެންސީއައިސީޓީއާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރާއްޖޭގެ ސަރުކާރުގެ މައި އިދާރާތަކުގެ ވެބްސައިޓްތައް ޑައުންވެފައި މިވަނީ، އިންޑިއާގ ބޮޑުވަޒީރު ނަރެންދުރަ މޯދީ ލަކްޝަދީބަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ލަކްޝަދީބުގައި ޓުއަރިޒަމް ޕްރޮމޯތް ކުރެއްވުމާއި ގުޅޭ ޕޯސްޓްތަކެއް ކުރައްވާފައި ވަނިކޮށް އެއަށް، މިސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންގެ ލެވެލްގައި ތިބި ބައެއް ފަރާތްތަކުން، ވަރަށް ބޭއަދަބީ ގޮތެއްގައި ފާޑުކިޔައި ފުރައްސާރަކޮށްފައި ވަނިކޮށް، ދެޤައުމުގެ ރައްޔިތުންނާއި، ސިޔާސީ އެކްޓިވިސްޓުންގެ މެދުގައި އެކްސްގައި ބަހުގެ ހަމަލާތައް ބަދަލުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.