Advertisement

ުޅުދުއްފުށި އެއަރޕޯޓްގައި ފަތުރުވެރިންތަކެއް. ފޮޓޯ: ސޯޝަލް މީޑިއާ

06 Jan 2024
ޚަބަރު

ޓާމިނަލް ބޮޑުކޮށް ކުޅުދުއްފުށި އެއަރޕޯޓް ތަރައްޤީކޮށްދޭނެ ބަޔަކު ހޯދަނީ

ހދ. ކުޅުދުއްފުށި އެއާޕޯޓްގެ ޓާމިނަލް ބޮޑުކޮށް، އަލުން ތަރައްގީކުރުމަށްޓަކައި ޝައުގުވެރިވާ ކުންފުނިތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް( އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ މަޝްރޫއުގެ ދަށުން އެއާޕޯޓުގެ ޓާމިނަލް ތަރައްގީކުރަން ޖެހެނީ އެ އެއާޕޯޓު ބަލަހައްޓާ ރީޖަނަލް އެއާފޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ކޮންސެޕްޓް އަދި ކުރެހުމާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.

މި މަޝްރޫއުގެ ދަށުން 11،345 އަކަފޫޓުގެ ޕެސެންޖާ ޓާމިނަލެއް ތަރައްގީކުރާނެއެވެ. ފެސެންޖާ ޓާމިނަލް ސަރަހައްދުގައި ޝޭޑިން އެއް ލުމާއި، މިވަގުތު ބޭނުންކުރެވެމުންދާ ޕެސެންޖާ ޓާމިނަލްގެ ސްޓްރަކްޗާއަށް ގެންނަންޖެހޭ ބަދަލުތަށް ގެނައުމުގެ އިތުރުން ޕެސެންޖަރުންނަށް ދެވޭ ހިދުމަތްތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ތަންތަން ގާއިމްކުރުން މި މަޝްރޫއުގެ ދަށުން ވަނީ ހިމަނާފައެވެ.

އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ޝައުގުވެރިވާ ކޮންސްޓްރަކްޝަން ކުންފުނިތަކުން، އީއޯއައި ހުށަހެޅަންޖެހޭނީ ޖެނުއަރީ 9، ގެ ނިޔަލަށެވެ. މަޝްރޫއުއަށް ކަނޑައަޅާފައިވާ ބިޑް ޑޮކިއުމަންޓް ދޫކުރެވޭނީ ރެޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

ކުޅުދުއްފުށި އެއާޕޯޓާ އިންވެގެން، ކުޅި ހިމެނޭހެން އުތުރަށް އޮންނަ ހުސްބިން ޓޫރިޒަމަށް ތަރައްގީކުރުމަށް ވެސް އާރްއޭސީއެލް އަދި ކުޅުދުއްފުށި ކައުންސިލުން ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.