Advertisement

އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އިބްރާހީމް ޝަރީފް މުހައްމަދު --

05 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

މިއަހަރުގެ ނިޔަލަށް ވީއައިއޭގެ ތަރައްޤީގެ މަޝްރޫއުތަކުގެ ބޮޑުބައެއް ނިމި އިތުރު %25 ވަޒީފާ އުފެދޭނެ: ޝަރީފް

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ތަރައްޤީއަށް މިހާރު ހިންގެމުންދާ މަސައްކަތްތަކުގެ ބޮޑުބައެއް މިއަހަރުގެ ނިޔަލަށް ނިމި، އިތުރު %25 ވަޒީފާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގައި އުފެދިގެންދާނެކަމަށް އެކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.

ޝަރީގް މިހެން ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރުމަށް މިސަރުކާރުން ފެށުމަށް ތައްޔާރުވަމުން އަންނަ، ތަރައްޤީގެ ބިޔަ މަޝްރޫޢު އިފްތިތާޙްކުރުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކަމަށެވެ.

ޝަރީފް ވިދާޅުވީ، ހިނގަމުންދާ މަޝްރޫޢުތަކުގެ ބޮޑު ބައެއް ނިމިގެންދާއިރު، އެކުންފުނީގައި މުޅިން އަލަށް ހާހަކަށްވުރެ ގިނަ ވަޒީފާ އުފެދިގެންދާނެ ކަމަށެވެ.

ޝަރީފް ވިދާޅުވީ، ވެލާނާ އިންޓަރނޭޝަލް އެއާޕޯޓު ތަރައްޤީކުރުމަށް މިހާރު ހިނގަމުންދާ މަޝްރޫޢު، ތަކުގެ ތެރެއިން އައު ޓަރމިނަލް ނިންމައި ޚިދުމަތް އަވަހަށް ފެށުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަންވެސް ޝަރީފް ފާހަގަކުރެއްވިއެވެ. މިގޮތުން އެކަމަަށް ބޭނުންވާ ޓާސްކްފޯސްތައް އުފައްދައި، މަސައްކަތް އަވަސް ކުރާނެ އިންތިޒާމްތައް ހަމަޖެހި ވަނީ ރޭވިފައި ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާއި އެއްގޮތަށް ސަރުކާރުން ބޭނުންވާ ސްޕީޑުގައި އެމަސައްކަތްތައް އަވަހަށްކޮށް ނިންމާލެވޭނެ ކަމުގައިވެސް ޝަރީފް ވިދާޅުވިއެވެ.

"އަޅުގަނޑު ދެކޭގޮތުގައި ރާއްޖޭގެ އިޤުތިޞާދު ހަރުދަނާ ކުރުމަށްޓަކައި، ވައިގެ ދަތުރު ފަތުރުކުރުމުގެ ސިނާޢަތް ތަރައްޤީކުރުމަކީ ވަރަށް މުހިއްމު ކަމެއް. އަދި މިކަހަލަ ކަމެއް ކުރެވޭނީ، ދުރު ރާސްތާ ޕްލޭން ކުރުމުގެ ޤާބިލްކަން ހުރި ބަޔަކަށް" 

އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އިބްރާހީމް ޝަރީފް މުހައްމަދު --

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްޤީކުރުމުގެ އައު މަޝްރޫޢަކީ، މުޅި ރާއްޖޭގެ އިޤުތިޞާދު ބަދަލުކޮށްލާނޭ މަޝްރޫޢަަކަށްވެސް ވެގެންދާނެކަން ޝަރީފްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ. މިހާރު ހުޅުވުމަށް ތައްޔާރުވަމުން އަންނަ ޓާމިނަލަކީ، އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ޓާމިނަލެއްކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ، އަލަށް ތަރައްޤީކުރެވޭ، ޓާމިނަލަކީ، އަހަރަކު ފަންސަވީސް މިިލިޔަން ފަތުރުވެރިންނަށް ޚިދުމަތްދެވޭނެ ޓަރމިނަލަކަށް ވެގެންދާނެ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.