Advertisement

ހުޅުމާލެ ފޭސް 1 އިން އެންމެފަހުން ދޫކުރި ސޯޝަލް ހައުސިންގެ ފްލެޓްތައް --

06 Jan 2024
ޚަބަރު

ހުޅުމާލެ ފުރަތަމަ ފޭސްގައި ހުރި ފްލެޓްތަކުގެ ކުލި ކުޑަކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ސޯޝަލް ހައުސިންގ ސްކީމްތަކުގެ ދަށުން ހުޅުމާލެ ފޭސް 1 އިން ދޫކޮށްފައިވާ ފްލެޓްތަކުގެ ކުލި ކުޑަކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިހެން ވިދާޅުވީ، މާލޭ ސިޓީގެ މޭޔަރުގެ މަޤާމަށް ސަރުކާރު ކޯލިޝަނުން ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރުގެ ވިލިމާލެ ކެމްޕޭން ޖަލްސާގައި ބައިވެރިވެވަޑައިގެން މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ، ގާތްގަނޑަކަށް 4،000 ރ. އިން ފެށިގެން ގޮސް 7،000 ރ. އާ ހަމައަށް ނޫނީ 6،000 އަށް ވުރެ ގިނައިން މެއިންޓެނެންސް ފީ ހިމެނޭހެން ކުލިދައްކަންޖެހޭ ފޭސް 1 ގައި ހުރި ފްލެޓުތަކުގެ ކުލި ކުޑަކޮށްދެއްވާނެ ކަމަށެވެ.

މިގޮތުން ފްލެޓްތަކުގެ ކުލިން ވިހި އިންސައްތަ ކުޑަކޮށް ދެވޭނެ ކަމަށާއި، ފްލެޓްތަކަށް ނަގާފައިވާ ލޯނުތަކަށް ދައްކަންޖެހޭ އެފައިސާ މެނޭޖް ކުރާނީ ސަރުކާރުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެކަމުގައި ރައްޔިތުން ކަންބޮޑުވާންޖެހޭނެ ކަމެއް ނޯންނާނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިދިޔަ މަހުގެ 5 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަރުކާރުން ހިޔާ ފްލެޓްތަކުގެ ކުލި 3984އަށް ކުރިޔަށް އޮތް 7 އަހަރަށް ކުޑަކޮށްދެއްވާފައެވެ. އެހެންކަމުން މިއާއެކު ހިޔާ ފްލެޓްތަކުގެ މެއިންޓަނަންސް އާއެކު ކުލީގެ ގޮތުގައި، ދައްކަންޖެހޭނީ، 4984ރ އެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.