Advertisement

ސަބުދެލިމަގުގެ ބަންދުކޮށްފައި އޮތްބައި ހުޅުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން --

06 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ޑރ. މުއިއްޒު ހައުސިންގ މިނިސްޓަރަކަށް ހުންނަވައި ބަންދުކުރުވި މަގު އެމަނިކުފާނުވެރިކަމަށް ވަޑައިގެން ހުޅުއްވައިދެއްވަނީ

ޑރ. މުހައްމަދު މުޢިއްޒުގެ ހައުސިންގ މިނިސްޓަރު ކަމުގައި، މާލޭގައި "ރަސްފަންނު މިކްސްޑް ޔޫސް ޑިވެލޮޕްމަންޓް"ގައި ފެށި ޕްރޮޖެކްޓްގެ ބޭނުމަށް ބަންދުކުރި، ސަބުދެލި މަގު އަލުން ހުޅުވާލުމުގެ މަސައްކަތް، ފަށައިފިއެވެ.

މިމަސައްކަތް ކުރަމުން ދަނީ މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީންނެވެ. ސަބުދެލި މަގުން ބަންދުކޮށްފައި އޮތީ ހިރިޔާ ސްކޫލާއި، ސޯޝަލް ސެންޓަރާއި ދެމެދުން އޮތް ބައެވެ. އެމިނިސްޓްރީން ބުނީ، އެބަންދުކޮށްފައިވާ އެސަރަހައްދު ހުޅުވާލަން ނިންމީ މާލޭގެ އަމީނީމަގު ހެދުމުގެ ޕްރޮޖެކްޓާއި ގުޅިގެން މާފަންނުގައި ދިމާވެފައިވާ ޓްރެފިކް މައްސަލައަށް ހައްލެއް ގެނައުމަށް ކަމަށެވެ. އަދި މަގު ބަންދުކޮށްފައިވާ ސަރަހައްދު ސާފުކޮށް މަގު ހުޅުވާލުމަށް މިނިސްޓްރީގެ މުވައްޒަފުން މިއަދު މަސައްކަތް ކުރަމުން ދިޔައިރު، އެސަރަހައްދަށް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވަނީ ޒިޔާރަތްކުރައްވައި މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވާލައްވާފައެވެ.

އެމަގު ބަންދުކުރީ، "ރަސްފަންނު މިކްސްޑް ޔޫސް ޑިވެލޮޕްމަންޓް ސައިޓް"ގެ ނަމުގައި ރައީސް ޔާމީނުގެ ސަރުކާރުގައި އިއުލާނުކުރި، ބޮޑު ހައުސިންގ މަޝްރޫޢުގެ ބޭނުމަށް، 2018 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. 

"ރަސްފަންނު މިކްސްޑް ޔޫސް ޑިވެލޮޕްމަންޓް ސައިޓް" މަޝްރޫޢު އިފްތިތާހް ކުރުމުގެ ތެރެއިން ---

ސިންގަޕޫރުގެ ކޮރަލް ބޮލިވާޑް ޑިވެލޮޕްމަންޓް ކުންފުންޏާއި ހަވާލުކޮށްގެން ހިންގަން އުޅުނު އެމަޝްރޫޢު ފަހުން ސަރުކާރުން ބަދަލުރީ ހުޅުމާލެއަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.