Advertisement

ފޮޓޯ: އިސްލާމިކް މިނިސްޓްރީ

05 Jan 2024
ޚަބަރު

ހައްޖާއި އުމްރާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރުމަށް މިނިސްޓަރ ޝަހީމް ސައުދީއަށް

ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރުމަށް ސައުދީ އަރަބިއްޔާގެ ދައުވަތަކަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެ ޤައުމަށް ފުރާވަޑައިގެންފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި ދަތުރަކީ ސައުދީގެ ހައްޖާ ގުޅޭ މިނިސްޓަރު ތައުފީގް ބިން ފައުޒާގެ ދައުވަތަކަށް ހައްޖު އެންޑް އުމްރާ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށެވެ.

ދަތުރަށް ފުރާ ވަޑައިގަތުމުގެ ކުރިން ޝަހީމް މީޑިއާއަށް ވިދާޅުވީ، ހައްޖާ ގުޅޭ އެއްބަސްވުމެއްގައި އެ ގައުމުގެ ހައްޖު މިނިސްޓްރީއާ އެކު ސޮއިކުރާނެ ކަމަށާއި ދިވެހި ހައްޖުވެރިންނާއި އުމްރާވެރިންނަށް ލިބޭ ހިދުމަތްތައް ރަނގަޅުކުރުމަށް ވެސް މަސައްކަތް ކުރައްވައި މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ޙައްޖު އެންޑް ޢުމްރާ ކޮންފަރެންސްއަކީ ޙައްޖާއި ޢުމްރާއާ ގުޅޭ ފާހަގަކޮށްލެވޭ ނިންމުންތައް ނިންމާ ފަރާތްތަކާއި، ތަޖުރިބާކާރުންނާއި، ޢިލްމުވެރިންނާއި، ދިރާސާވެރިންނާއެކު ސައިންޓިފިކް ސެޝަންތަކާއި، ވޯކްޝޮޕްތަކާއި، ތަމްރީނު ސެމިނާތައް ހިމެނޭ ގޮތަށް ބާއްވަމުން އަންނަ ބައިނަލްއަޤްވާމީ ކޮންފަރެންސްއެކެވެ. މި ފަހަރުގެ ކޮންފަރެންސް ކުރިއަށްދާނީ މިމަހުގެ 8 އިން 11 ވަނަ ދުވަހުގެ ނިޔަލަށް ސައުދީ ޢާރައްބިއްޔާގެ ޖިއްދާގައެވެ.

ހައްޖު ކޮންފަރެންސްގެ ހަވާސާގައި އިސްލާމީ އެކި ޖަމާއަތްތަކާއި އިސްލާމީ ގައުމުތަކުގެ ވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މި ބައްދަލުވުންތަކުގައި އެކި ދާއިރާތަކުން ރާއްޖެއަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް މަޝްވަރާ ކުރައްވާނެކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.