Advertisement

ފޮޓޯ: ސިޓީ ކައުންސިލް

06 Jan 2024
ޚަބަރު

ފެން ބޮޑުވާ މައްސަލަ ހައްލުކުރުމަށް މާލޭގެ ހުރިހައި މަގެއްގެ ކާނުތައް ސާފުކުރަން ފަށައިފި

މާލެ ސިޓީގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ޙައްލުކުރުމުގެ ގޮތުން ކާނުތައް ސާފުކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް ފަށައިފިއެވެ. މި ޕްރޮގްރާމް ފަށްޓަވައިދެއްވީ، ސިޓީތަކާއި އިދާރީ ދާއިރާތަކާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ.

މާލެ ސާފުކުރުމުގެ ޕްރޮގްރާމަކީ ސިޓީތަކާއި އިދާރީ ދާއިރާތަކާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއާއި، މާލެ ސިޓީ ކައުންސިލާއި، ސިއްޙީ ވުޒާރާއާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯ ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިއީ މާލޭގެ ބްލޮކްވެފައިވާ ކާނުތައް ސާފުކުރުމަށް އެއް ހަފްތާގެ މުއްދަތައް ކުރިޔަށް ގެންދެވޭ ޙާއްސަ ޕްރޮގްރާމެއް ނަމަވެސް ޕްރޮގްރާމް ނިމުމަށްފަހުވެސް އާދައިގެމަތިން ކާނުތައް ސާފުކުރުމުގެ މަސައްކަތް މާލެސިޓީ ކައުންސިލުން ކުރިޔަށް ގެންދަވާނެކަމަށް އެ ކައުންސިލުން ވިދާޅުވެއެވެ.  

މި ޕްރޮގްރާމް އިފްތިތާހުކުރެއްވުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތަކާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު މާލެއަށް ކުރި ވިއްސާރަގައި ފެންބޮޑުވި އެއް ސަބަބަކީ މަގުތަކުގައި ރަނގަޅަށް ފެން ހިނދޭ އިންތިޒާމެއް ނެތުމުގެ ސަބަބުންކަމަށެވެ. އާދަމް ޝަރީފް ވިދާޅުވީ މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް ހައްލެއް ގެނެސްދިނުމަށް މާލޭ ސިޓީ ކައުންސިލުން އިސްނަންގަވައިގެން، ހެލްތު މިނިސްޓްރީ އާއި އެޗްޕީއޭއާއި އަދި އެހެން ފަރާތްތަކާއި އެ ވުޒާރާ ގުޅިގެން ކުރިއަށްދާ މާލެ ސާފުކުރުމުގެ މަސައްކަތަކީ މުހިންމު އަދި މާލެއަށް ކޮންމެހެން ބޭނުންވެފައިވާ މަސައްކަތެއްކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މާލެ ސިޓީގެ އެކްޓިންގ މޭޔަރ އަޙްމަދު ނަރީޝް ވިދާޅުވީ މާލޭ ސާފުކުރުމުގެ ގޮތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތަކީ މާލޭގެ ކާނުތައް ސާފުކުރުމުގެ ގޮތުން އެއް ހަފްތާގެ މުއްދަތައް ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެއް ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.