Advertisement

މާލޭ ސިޓީގެ މޭޔަރުގެ މަޤާމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ، އާދަމް އާޒިމް --

05 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ރާއްޖެ ދަތުރުކުރަމުން މިދަނީ ވަރަށް ނުރައްކާތެރި ދިމާލަކަށް، ހުއްޓުވަން ޖެހޭ: އާޒިމް

ރާއްޖެ މިހާރު ދަތުރުކުރަމުން މިދަނީ ވަރަށް ނުރައްކާތެރި ދިމާލަކަށް ކަމަށާއި، އެކަން ހުއްޓުވަން ޖެހޭ ކަމުގައި، މާލޭ ސިޓީކައުންސިލްގެ މޭޔަރު ކަމުގެ މަޤާމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ، އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވީ، ފެހި ތަނަވަސް މާލެ ކެމްޕޭނުގެ ތެރެއިން ރޭ، ދަނޑިކޮށީ ޖަގަހަގައި ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އާޒިމް ވިދާޅުވީ، މިސަރުކާރު ވެރިކަމަށް އައުމަށް ދެއްކި ހުރިހާ ވާހަކަތަކަކީވެސް ދޮގުވާހަކަތަކެއްކަން މިހާރު އެދަނީ ސާބިތުވަމުން ކަމުގައެވެ. އެގޮތުން އިންޑިއާ ސިފައިންނާއި ބެހޭ ގޮތުން މިސަރުކާރުން ވެރިކަމަށް އައުމަށް ދެއްކި ވާހަކަތައް ޚާއްޞަ ގޮތެއްގައި އާޒިމް ފާހަގަކުރެއްވިއެވެ.

މިސަރުކާރުގެ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫޢުކަމުުގައިވާ ފުށި ދިއްގަރުފަޅު މަޝްރޫޢަށް އިޝާރާތްކުރައްވައި، އާޒިމް ވިދާޅުވީ، އެމަޝްރޫޢަކީ، އިސްރާފަކަށް ވެގެންދާ މަންޒަރު ފެންނަ ކަމަށެވެ. އަދި އެމަޝްރޫޢުގެ ތެރެއިންވެސް އަޑިނޭނގޭ ކަންތައްތަކެއް ހިނގަމުންދާކަމަށާއި އެކަންކަމަށް ލޯމަރާލައިގެން ތިބެވެން ނެތްކަމަށްވެސް އާޒިމް ފާހަގަކުރެއްވިއެވެ.

އާޒިމް ވިދާޅުވީ ފުށީ ދިއްގަރުފަޅު ހިއްކުމުގެ މަޝްރޫޢަކީ އެމްޓީސީސީއަށް ކުރެވޭނެ ވަރުގެ މަސައްކަތެއް ކަމަށާއި އެމަސައްކަތް އެމްޓީސީސީއަށް 5 ބިލިއަން ރުފިޔާއަށް ކޮށްދެވޭނެ ކަމަށެވެ. އެހެން ނަމަވެސް ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫޢަށް 10 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމުގައި މިސަރުކާރުން ބުނާއި އިރު އޭގައި ވިސްނާލަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމުގައި އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، މިސަރުކާރަކީ ދޮގާއި މަކަރުން އުފަންވި ސަރުކާރެއް ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ތެރެއިންވެސް ސަރުކާރު ހުއްޓުވަން ޖެހޭނެ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.