Advertisement

މާލެ ސިޓީގެ ގަލޮޅު މެދު ދާއިރާގެ ކައުންސިލަރު މަރިޔަމް ރީހާން ނާޒިމް --

06 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

އެމްޑީޕީއާ ދަ ޑިމޮކްރެޓްސްގެ ކައުންސިލަރަކު ޕީއެންސީއަށް ސޮއިކުރައްވައިފި

މާލޭ ސިޓީ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީއާ ދަ ޑިމޮކްރެޓްސްގެ ކައުންސިލަރަކު ޕީއެންސީއަށް ސޮއިކުރައްވައިފިއެވެ.

ޕީއެންސީއަށް ސޮއެކުރައްވާފައި ވަނީ، މާލެ ސިޓީގެ ގަލޮޅު މެދު ދާއިރާގެ ކައުންސިލަރު މަރިޔަމް ރީހާން ނާޒިމް އާއި ހެންވޭރު އުތުރު ދާއިރާގެ ކައުންސިލަރު އައިޝަތު ނިޒްލީ ރަޝީދުއެވެ. މާލޭ ސިޓީ ކައުންސިލްގައި ހިމެނޭ މިދެ ކައުންސިލަރުންވެސް ކައުންސިލްގެ ގޮނޑިއަށް އިނތިޚާބުވީ އެމްޑީޕީގެ ޓިކެޓްގައެވެ. މިދެ ކައުންސިލަރުން ޕީއެންސީއަށް ސޮއެކޮށްފައި ވަނީ، މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އިންތިޚާބުގެ ކެމްޕެއިން ޖަލްސާއެއްގައެވެ.

ސަރުކާރު ކޯލިޝަންގެ ފަރާތުން މާލޭ ސިޓީކައުންސިލްގެ މޭޔަރުގެ މަޤާމަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރުގެ މެނިފެސްޓޯ ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިދެ ކައުންސިލަރުން ވަނީ ޕީއެންސީއަށް ސޮއެކުރައްވައި މެމްބަރޝިޕްފޯމް ރައީސް ޑރ. މުޢިއްޒާއި ހަވާލުކުރައްވާފައެވެ. މީގެ އިތުރުންވެސް މިޖަލްސާގައި ވަނީ، އަޑުއަތޮޅުގެ ބައެއް ދާއިރާތަކުގެ އެމްޑީޕީ ގޮފިތަކުގެ ބައެއް މަޤާމުތަކުުގައި ތިއްބެވި މެމްބަރުންވެސް ޕީއެންސީއަށް ސޮއެކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.