Advertisement

އެމްޑީޕީގެ އެންމެ އިސް ބޭފުޅުން -- ފޮޓޯ: އެމްޑީޕީ

05 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ރޯދައިގެ ފަހުން ބޭއްވުމަށް އެމްޑީޕީން ގޮވާލައިފި

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ރޯދައިގެ ފަހުން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ގޮވާލައިފިއެވެ.

އެމްޑީޕީން މިކަމަށް ގޮވާލާފައި ވަނީ، އެކޮމިޝަންގެ ރައީސް ފުވާދު ތައުފީޤަށް އެޑްރެސްކޮށް އެމްޑިޕީން ފޮނުވާފައިވާ ސިޓީއެއްގައެވެ.

އެމްޑީޕީގެ ސިޓީގައި ވަނީ، އިލެކްޝަން ސްކޮމިޝަނުން ރަމަޟާން މަހުގެ ތެރޭގައި އިންތިޚާބު ބޭއްވުމަށް މަސައްކަތް ކުރަމުން ދަނީ ސަރުކާރުގެ ނުފޫޒުން ކަމުގައި ތުހުމަތުކޮށްފައެެވެ.އެމްޑީޕީން އިލެކްޝަންސް ކޮމިޝަނަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ، އެގޮތަށް ކޮމިޝަންގެ މައްޗަށް ތުހުމަތު ކުރެވޭ ސަބަބުތަކުގެ ތެރޭގައި، ރާއްޖޭގައި ބޭއްވޭ އިންތިޚާބުތަކުގައި ޤާނޫނީ ގޮތުން މަސްއޫލިއްޔަތުތަކެއް އަދި ޒިންމާތަކެއް މަތިކުރެވިފައިވާ މުއައްސަސާތަކުގެ ތެރޭގައި ހިމެނޭ، ހިއުމަން ރައިޓްސްކޮމިޝަނާއި، އެންޓިކަރަޕްޝަން ކޮމިޝަނުންވެސް ރަމަޟާންމަހުގެ ފަހުން އިންތިޚާބު ބޭއްވުމަށް އެދިފައި ވަނިކޮށް، އަދި ސަރުކާރުހިންގާ ޕާޓީތަކުގެ ކޯލިޝަން ފިޔަވައި އެހެން ހުރިހާ ޕާޓީތަކުންނާއި ޖަމިއްޔާ ޖަމާއަތްތަކުންވެސް އިންތިޚާބު ރޯދައިގެ ފަހުން ބާއްވަން އެދިފައި ވަނިކޮށް ރަމަޟާންމަހުގެ ތެރޭގައި އިންތިޚާބު ބާއްވަން އުޅޭތީ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއާ ޤައުމީ ލަފާދޭ ކޮމިޓީންވެސް އިލެކްޝަންސް ކޮމިޝަަނަށް ލަފާ ދީފައި ވަނީ ރަމަޟާން މަހުގެ ފަހުން މަޖިލިސް އިންތިޚާބު ބޭއްވުމަށެވެ.

އެހެން ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ، ރޯދައިގެ ފަހުން އިންތިޚާބު ބާއްވާނަމަ، ޤާނޫނުގައި ބުނާ އެއްމަސް ދުވަހުގެ ކުރިން އިންތިޚާބުގެ މައްސައްކަތް ނިންމާ ނުލެވުމުގެ ފުރުޞަތު ބޮޑު ކަމަށެވެ. މިއަހަރުގެ ރޯދަމަސް ފެށޭނީ، މާރިޗު 11 ގައެވެ. އަދި ރޯދަމަސް 9 އޭޕްރީލްގައި ނިމޭއިރު ހަރޯދަ ނިމޭނީ، އޭޕްރީލް މަހުގެ 16 ވަނަ ދުވަހުގައެވެ. މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު މެއި މަހުގެ 27 ވަނަ ދުވަހަށް ހަމަވާއިރު، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ގުޅޭ ހުރިހާ ކަމެއް އެޕްރީލް 28ގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ނިންމަން ޖެހޭނެއެވެ. އެހެންވެ އޭޕްރީލް 9 ގެ ފަހުން އިންތިޚާބު ބާއްވާނަމަ އެއްވެސް ދާއިރާއެއްގައި ދެކެނޑިޑޭޓަކު އެއްވަރުވެ ދެވަނަ ބުރަކަށް ދާންޖެހިއްޖެނަމަ ކެމްޕޭން ކުރުމަށް ދޭންޖެގޭ 15 ދުވަހުދީ ޤާނޫނީ ގޮތުން ނިންމަންޖެހޭ ކަންތައްތައް އޭޕްރީލް މަހުގެ 28 ވަނަ ދުވަހުގެ ކުރިން ނުނިމުގެ ފުރުޞަތު އޮންނާނެ ކަމުގައިވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.