Advertisement

ހޫތީންގެ ހަމަލާ އަމާޒުވި އެމްވީ ޗެމްްޕްލޫޓޯއަށް ލިބިފައިވާ ގެއްލުންތައް ---

06 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ނުވަތަ ރާއްޖެއާ ކައިރީގައި އެއްވެސް ހަމަލާއެއް ދީފައެއް ނުވޭ: އެމްއެންޑިއެފް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ނުވަތަ ރާއްޖެއާ ކައިރީގައި ވެސް، އެއްވެސް ހަމަލާއެއް ދީފައި ނުވާކަމުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ، މިހާތަނަށް ބެލިބެލުމުން މިޚަބަރުގައިވާ ބަައެއް މަޢުލޫމާތާއި ފޮޓޯއަކީ މިީގެ ކުރިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުންބޭރުން ވަރަށް ދުރުން ހިނގާފައިވާ ހާދިސާތަކުގެ މަޢުލޫމާތާއި ފޮޓޯކަން އެނގިފައިވާތީއާއި، މިފަދަ ކަމެއް ރާއްޖެއާއ ކައިރިން ހިންގިކަމުގެ އެއްވެސް އިޝާރާތެއް ފެންނަން ނެތުމާއި، މަޢުލޫމާތު ހިއްސާ ކުރާ ސަރަހައްދީ އިދާރާތަކަށްވެސް އެފަދަ ރިޕޯޓެއް ލިބިފައިވާކަމުގެ އެއްވެސް މަޢުލޫމާތެއް މިހާތަނަށް ލިބިފައިނުވާތީ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދެއްގައި ނުވަތަ ކަނޑުގެ ސަރަހައްދާއި ކައިރިން އެފަދަ ޙާދިސާއެއް ހިނގިކަމަށް ފަތުރާ ޚަބަރަކީ ޞައްޙަ ޚަބަރެއްކަމަށް ނުބެލެވޭ ކަމަށެވެ. އެހެން ނަމަވެސް އަދިވެސް އެކަން އިތުރަށް ބަލަމުން އަންނަ ކަމުގައިވެސް އެމްއެންޑީފުން ވަނީ ބުނެފައެވެ.

ޣައްޒާއާ ދެކޮޅަށް އިޒްރާއީލުން ފަށާފައިވާ ހަނގުރާމަ ހުއްޓުވުމަށާއި ފަލަސްޠީނުގެ ރައްޔިތުންނާއި އެއްބައިވުމުގެ ގޮތުން ޔަމަނުގެ ހޫތީން ދަނީ، ރަތްކަނޑުގެ ތެރެއިން އިޒްރޭލުގެ އީލާތު ބަނދަރަށް ދަތުރުކުރާ އުޅަނދުތަކަށް ހަމަލާދީ ހުއްޓުވަމުންނެވެ. އަދި އިޒްރޭލާއި ގުޅުންހުރި ކާގޯ ބޯޓުތަކާއި، ތެޔޮއުފުލާ ޓޭންކަރުތަކަށްވެސް ދަނީ ހަމަލާތައް ދެމުންނެވެ. މިގޮތުން އިންޑިއާކަނޑުގެ ސަރަހައްދުން ރާއްޖޭގެ ހުޅަނގު އުތުރުން ދަތުރުކުރަމުން ދިޔަ އިޒްރޭލުން ދެ ތެޔޮޓޭންކަރަކަށް ހޫތީން ޑްރޯން ހަމަލާތަކެއްދީފައިވާ ކަމަށް ބުނެ ވަނީ އަޑު ފަތުރާފައެވެ. އެ ދެއުޅަނދަށް ހޫތީން ހަމަލާދިން ނަމަވެސް އެ ދެއުޅަނދަށް ހަމަލާދީފައި ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ނުވަތަ ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ކައިރި ހިސާބެއްގައިވެސް ނޫންކަން މިހާރު ވަނީ ހާމަވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.