ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ނުވަތަ ރާއްޖެއާ ކައިރީގައި އެއްވެސް ހަމަލާއެއް ދީފައެއް ނުވޭ: އެމްއެންޑިއެފް
އެމްއެންޑީއެފުން ބުނީ، މިހާތަނަށް ބެލިބެލުމުން މިޚަބަރުގައިވާ ބަައެއް މަޢުލޫމާތާއި ފޮޓޯއަކީ މިީގެ ކުރިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުންބޭރުން ވަރަށް ދުރުން ހިނގާފައިވާ ހާދިސާތަކުގެ މަޢުލޫމާތާއި ފޮޓޯކަން އެނގިފައިވާތީއާއި، މިފަދަ ކަމެއް ރާއްޖެއާއ ކައިރިން ހިންގިކަމުގެ އެއްވެސް އިޝާރާތެއް ފެންނަން ނެތުމާއި، މަޢުލޫމާތު ހިއްސާ ކުރާ ސަރަހައްދީ އިދާރާތަކަށްވެސް އެފަދަ ރިޕޯޓެއް ލިބިފައިވާކަމުގެ އެއްވެސް މަޢުލޫމާތެއް މިހާތަނަށް ލިބިފައިނުވާތީ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދެއްގައި ނުވަތަ ކަނޑުގެ ސަރަހައްދާއި ކައިރިން އެފަދަ ޙާދިސާއެއް ހިނގިކަމަށް ފަތުރާ ޚަބަރަކީ ޞައްޙަ ޚަބަރެއްކަމަށް ނުބެލެވޭ ކަމަށެވެ.