Advertisement

އިޒްރޭލުގެ ނިއުކުލިއަ ފެސިލީޓީގެ އޭރިއަލް ފޮޓޯ --

31 Oct 2023
ދުނިޔެ

އިޒްރޭލުގެ ނިއުކުލިޔަ ހަތިޔާރު ރައްކާކޮށްފައިވާ ފެސިލީޓީއަށް ހަމަލާދޭނެ ކަމުގެ ޔަގީންކަން ޔަމަނުން ދީފި

ޔަމަނުން އިޒްރޭލާއި ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށް، އިޒްރޭލުގެ ނިއުކުލިއަ ފެސިލިޓީ ދައިމޯނާއަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފިއެވެ.

އިޒްރޭލުގެ ނިއުކްލިއަ ފެސިލިޓީއަށް ހަމަލާދޭނެ ކަމުގެ އިންޒާރުދީފައި ވަނީ، ޔަމަނުގެ އަންސާރުﷲ ޖަމާއަތުންނެވެ. އެޖަމާއަތަކީ، ދުރު ރާސްތާ މިސައިލްތަކުން ހަމަލާ ދިނުމުގެ ޤާބިލްކަން އޮތް ޖަމާޢަތެކެވެ. އެޖަމާއަތުން ވަނީ އިޒްރޭލުގެ ނިއުކުލިއަ ފެސިލިޓީގެ އޭރިއަލް ފޮޓޯއެއް އާއްމުކޮށް، އެޖަމާޢަތުން ހަމަލާ ދިނުމަށް ފަސް ނުޖެހޭނެ ކަމުގައި ބުނެފައެވެ.

އިޒްރޭލާ ދެކޮޅަށް ރަސްމީކޮށް ޔަމަނުން ހަނގުރާމަ އިޢުލާނުކޮށް ހަމަލާތައް ދޭން ފަށާފައި ވާއިރު، ޔަމަން އޮންނަނީ އިޒްރޭލާއި ދުރުގައެވެ. ޔަމަނާއި އިޒްރޭލާއި ދެމެދު، ސަޢޫދީ އަރަބިއްޔާ އާއި އުރުދުން އޮވެއެވެ. އެޤައުމުތަކުގައި އެމެރިކާއިން ވަނީ، ވައިގެ އަސްކަރީ ދިފާޢުތައް ޤާއިމްކޮށްފައެވެ.

ޔަމަނުން އިޒްރޭލަށް ހަމަލާތައް ފޮނުވަން ފެށުމާއި އެކު، ޢަރަބި ޖަޒީރާތަކަށް ހަނގުރާމަ ފުޅާވެގެން ހިނގައިދާނެ ކަމުގެ ނުތަނަވަސްކަން ވަނީ ބޮޑުވެފައެވެ. އަދި އިޒްރޭލުގެ ނިއުކުލިއަ ފެސިލިޓީގައި ނިއުކުލިއަ ހަތިޔާރު ހުރި އިރު، އެފެސިލިޓީއަށް އަމާޒުވާ ހަމަލާއެއްގެ ސަބަބުން ލިބޭ ގެއްލުންތައް އެތައް ގުނައަކަށް އިތުރުވެގެންދާނެއެވެ،

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.