Advertisement

ހޫތީ ހަނގުރާމަވެރިންގެ ތަރުޖަމާނު -- ފޮޓޯ: އިރާން އޮބްޒަރވަރ

31 Oct 2023
ދުނިޔެ

ޔަމަނުގެ ހޫތީ ހަނގުރާމަވެރިން އިޒްރާއީލަށް ބެލެެސްޓިކް މިސައިލުން ހަމަލާތައްދޭން ފަށައިފި

ޔަމަނުގެ ހޫތީ ހަނގުރާމަވެރިން އިޒްރޭލުގެ ދެކުނުގެ ސަރަހައްދުތަކަށް ބެލެސްޓިކް މިސައިލް ހަމަލާތައް ފޮނުވަން ފަށާފައިވާ ކަމަށް އެޖަމާޢަތުން ބުނެފިއެވެ.

ހޫތީ ހަނގުރާމަވެރިން ވަނީ، މީގެ ކުރިންވެސް އިޒްރޭލަށް އަމާޒްކޮށް ބެލެސްޓިކް މިސައިލެއް ފޮނުވާލާފައެވެ. އެހެން ނަމަވެސް ސަޢޫދީ އަރަބިއްޔާގެ މަތިން އެ މިސައިލް ދަތުރުކުރަނިކޮށް، އެމެރިކާގެ މިސައިލުން ދިފާއުވާ ނިޒާމްތައް ބޭނުންކޮށްގެން އެ މިސައިލް ވަނީ ވައިގެ ތެރޭގައި ގޮއްވާލާފައެވެ.

ހޫތީން ބުނީ އިޒްރޭލަށް އަމާޒުކޮށް ބެލެސްޓިކް މިސައިލުންނާއި ވިންގެޑް މިސައިލް އަދި ޑްރޯންއިން ހަމަލާތައް ފޮނުވާލާފައިވާ ކަމަށެވެ. އެހެން ނަމަވެސް މިއިން އެއްވެސް މިސައިލެއް އަދި އިޒްރޭލާ ހަމައަށް ފޯރިކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

އިޒްރޭލުން ބުނެފައި ވަނީ، އިޒްރޭލަށް އަމާޒުކޮށް ފޮނުވާލާފައިވާ މިސައިލްތަކެއް ރަތްކަނޑުގެ މަތިން ގޮއްވާލާފައިވާ ކަމަށެވެ. އަދި މިހާތަނަށް އެއިން އެއްވެސް މިސައިލެއް އިޒްރޭލުގެ ސަރަހައްދަކަށް ވެއްޓިފައި ނުވާކަމުގައިވެސް އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.