Advertisement

އެމެރިކާގެ މަނަވަރެއް މެޑިޓެރޭނިއަން ކަނޑުގައި ---

02 Nov 2023
ދުނިޔެ

މެޑިޓެރޭނިއަން ކަނޑުގައި އޮތް އެމެރިކާގެ އަސްކަރީ މަނަވަރުތަކަށް ހަމަލާދޭނެ އިންޒާރުދީފި

އިޒްރޭލުން ފަލަސްޠީނުގެ ޣައްޒާގައި ހިންގަމުންދާ ޤަތުލު ޢާއްމުތަކަށް ވާގިވެރިވަމުންދާ އެމެރިކާގެ އަސްކަރީ މަނަވަރުތަކަށް، ހަމަލާ ދޭނެ ކަމުގެ އިންޒާރު ހޫތީން ދީފިއެވެ.

ޔަމަނުގެ ހޫތީންގެ އަސްކަރިއްޔާއިން ކުރި ޕޯސްޓެއްގައި ވަނީ، އެމެރިކާގެ ކަނޑުގެ މަނަވަރަކާއި ދިމާއަށް ގިނަ އަދަދެއްގެ މިސައިލްތައް ދަތުރުކުރާ މަންޒަރުފެންނަ ފޮޓޯއެއް އާއްމުކޮށްފައެވެ. އެއިން މާނަކޮށްދެނީ ހޫތީން އެމެރިކާގެ މަނަވަރުތަކަށް ހަމަލާދޭނެ ކަންކަމުގައިވެސް ހަނގުރާމަ ދިރާސާކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.

ހޫތީން ރަސްމީކޮށް އިޒްރޭލާއި ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށްފައި ވާއިރު، އިޒްރޭލުގެ ދެކުނުގެ ސަރަހައްދުތަކަށް ހޫތީން ދަނީ، ދުރުރާސްތާ މިސައިލްތަކުން ހަމަލާދެމުންނެވެ. އޭގެ ތެރެއިން ބައެއް މިސައިލްތައް ސައޫދީ އަރަބިއްޔާއިންނާއި އުރުދުން އަދި އިޒްރޭލުން ވަނީ ހުއްޓުވާފައެވެ. އެހެން ނަމަވެސް ހޫތީންގެ މިސައިލް ހަމަލާތައް އަރައި، އީލާތާއި ތެލްއަވީވަށް ގެއްލުންތައް ލިބިފައިވާ ކަމުގައި ޚަަބަރުތައް ބުނެފެއެވެ.

އެމެރިކާގެ އަސްކަރީ މަނަވަރުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރުތައް ދިނުމުގެ އިތުރުން، ހަނގުރާމަމަތީ މަތިންދާ ބޯޓުތައް ބޭނުންކޮށްގެން އިޒްރޭލާއި ދެކޮޅަށް ހަމަލާދޭނެ ކަމުގައިވެސް ހޫތީން ވަނީ ބުނެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.