Advertisement

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީޤު --

03 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

މަޖިލިސް އިންތިޚާބު ބޭއްވެން އޮތީ ރޯދަމަހު : ފުވާދު

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލީހުގެ އިންތިޚާބު ބާއްވާނޭ ތާރީޚެއް އެންމެ ލަސްވެގެން އާދީއްތަ ދުވަހު އިލެކްޝަންސް ކޮމިޝަނުން އިޢުލާނު ކުރައްވާނެ ކަމުގައި އެކޮމިޝަންގެ ރައީސް ފުވާދު ތައުފީޤު ވިދާޅުވެއްޖެއެވެ.

"ނޫން"އަށް މައުލޫމާތު ދެއްވަމުން ފުވާދު ވިދާޅުވީ، މަޖިލިސް އިންތިޚާބު ބާއްވާނޭ ދުވަހެއް ފައިނަލް ކުރުމަށްޓަކައި މިއަދާއި މާދަމާވެސް ކޮމިޝަނުން ކުރަންޖެހޭ މަސައްކަތްތައް ކުރާނެ ކަމަށެވެ. އަދި އެންމެ ލަސްވެގެން އާދީއްތަ ދުވަހު އިންތިޚާބު ބާއްވާނެ ތާރީޚު އިއުލާނު ކުރެވޭނެ ކަމުގައި ފުވާދު ވިދާޅުވިއެވެ.

ފުވާދު ވިދާޅުވީ، ރޯދައިގެ ފަހުން ނުވަތަ ރޯދައިގެ ކުރިންވެސް އިންތިޚާބު ބޭއްވޭނެ ގޮތްތަކެއް އޮތްތޯ ކޮމިޝަނުންވެސް މަޝްވަރާކުރި ކަމަށެވެ. އެހެން ނަމަވެސް މިހާރު އޮތް ގޮތުން އިންތިޚާބު ބޭއްވެން އޮތީ ރޯދަމަހުގެ ތެރޭގައިކަންވެސް ފުވާދު ފާހަގަކުރެއްވިއެވެ.

ފުވާދު ވިދާޅުވީ، އިންތިޚާބު ރޯދައިގެ ފަހަށް ލަސްކުރަން ބަލާއިރު، މިހާރު ދިވެހިންގެ އާދަކާދަތަކާއި ދީނީކަންކަމަށް ބަލާއިރު ރޯދަމަހާއި ވިދިގެން އަންނަ ހަރޯދައަކީވެސް ހަމަ ރޯދަމަސް ފަދައިން ކަން އޮންނަ ދުވަސްތަކެއް ކަމަށެވެ. ހަމައެގޮތަށް ރޯދަމަހުގެ ފަހު ދިހައެއް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސަވާފައިވާއިރު، ފަހުދިހަޔާއި އެކު ގިނަ ދުވަސްތަކެއް ސަރުކާރު ބަންދުވެގެން ދިޔުމަކީވެސް އެދުވަސްވަރު އިންތިޚާބު ބޭއްވުމުގައި އޮތް ގޮންޖެހުމެއް ކަމަށެވެ.

މިހާރު ހިގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރު 27 މެއިއަށް ހަމަ ވާނެއެވެ. ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން އައު ދައުރަށް މަޖިލިސް ހޮވައި އިންތިޚާބުގެ ކަންކަން އެއްމަސްދުވަސް ކުރިން އިލެކްޝަންސް ކޮމިޝަނުން ނިންމަންޖެހޭނެވެ. 

މިއަހަރުގެ ރޯދަމަސް ފެށޭނީ، މާރިޗު 11 ގައެވެ. އަދި ރޯދަމަސް 9 އޭޕްރީލްގައި ނިމޭއިރު ހަރޯދަ ނިމޭނީ، އޭޕްރީލް މަހުގެ 16 ވަނަ ދުވަހުގައެވެ. ރޯދައިގެ ފަހަށް އިންތިޚާބު ލަސްކޮށްފިނަމަ، ޤާނޫނުގައި ބުނެފައިވާ މުއްދަތަށް އިންތިޚާބުގެ ކަންކަން ނިންމާނުލެވުމުގެ ފުރުޞަތު އޮންނާނެ ކަމުގައިވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.