Advertisement

އެމްޑީޕީގެ ރައީސް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް --

03 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ޕްރައިމަރީ އަކާއި ނުލައި، 36 ބޭފުޅަކަށް އެމްޑީޕީގެ މަޖިލިސް ޓިކެޓް ދޭން ނިންމައިފި

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ އެމް.ޑީ.ޕީގެ މެމްބަރުންނަށް ޝައުޤުވެރިކަންފާޅުކުރުމުގެ ފުރުޞަތުގައި، އެއް ކެންޑިޑޭޓަކު ކުރިމަތިލާފައިވާ ދާއިރާތަކުގެ ޕްރައިމަރީ ނުބާއްވައި އެދާއިރާތަކަށް އެމްޑީޕީން ކުރިމަތިލާފައިވާ މެމްބަރުންނަށް ޕާޓީގެ ޓިކެެޓް ދިނުމަށް އެމްޑީޕީން ނިންމައިފިއެވެ.

އެމްޑީޕީން މިހާރު ވަނީ، ޕްރައިމަރީ ބާއްވަން ނުޖެހޭ ދާއިރާތަކާއި، އެދާއިރާތަކުން ޓިކެޓް ލިބުނު ބޭފުޅުންގެ ނަންތައް އިޢުލާނުކޮށްފައެވެ. މިގޮތުން، ޖުމުލަ 36 ދާއިރާއަކަށް ކުރިމަތި ލެއްވި ބޭފުޅުނަށް އެބޭފުޅުން ކުރިމަތިލި ދާއިރާއަށް އިތުރު އެއްވެސް މެމްބަރަކު ކުރިމަތިލާފައި ނުވާތީ، މަޖިލިސް އިންތިޚާބުގެ ޕާޓީ ޓިކެޓް ވަނީ ދީފައެވެ. އޭގެ ތެރޭގައި، މިހާރުވެސް 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި، ގޮނޑިތައް ފުރުއްވަމުން ގެންދަވާ 16 މެމްބަރުން ހިމެނެއެވެ.

ޕްރައިމަރީއަކާއި ނުލައި ޕާޓީ ޓިކެޓް ދޭން ނިންމަވާފައިވާ ބޭފުޅުން --

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.