Advertisement

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުން --

02 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ޚިދުމަތުން ވަކިވެފައިވާ ސިއްޙީ ދާއިރާގެ މުވައްޒަފުން އަނބުރާ ދާއިރާއަށް ނެރުމުގެ މަސައްކަތް ފަށައިފި

ޚިދުމަތުން ވަކިވެފައިވާ ސިއްޙީ ދާއިރާގެ މުވައްޒަފުން އަނބުރާ ދާއިރާއަށް ނެރުމުގެ މަސައްކަތް ސަރުކާރުން ފަށައި، އެކަމާއި ގުޅޭ ސިޔާސަތުތަކެއް އެކުލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

އާދިއްތަ ދުވަހު ބޭއްވި، ވަޒީރުންގެ މަޖިލީހުގެ ނިންމުންތަކާއި ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތު ހިއްސާކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ، އެގޮތަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، އެކަމާއި ގުޅޭ ގޮތުން މިނިސްޓްރީއޮފް ހެލްތުން ހުށައެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށް ފަހުގައި ކަމަށެވެ.

އެކިއެކި ސަބަބުތަކަށްޓަކައި ޚިދުމަތުން ދުރުވެފައި އަދި ޚިދުމަތަށް އަލަށް ވަނުމަށް ބޭނުންވާ ނަރުހުންނާއި އެހެނިހެން ޞިއްޙީ ޚިދުމަތްތެރިންގެ ތެރެއިން މިހާރުން މިހާރަށް ވަޒީފާއަށް ނުކުންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ދެއްވުމުގެ ގޮތުން، ބަޖެޓުގައި ހިމެނިފައިވާ އިދާރީ އޮނިގަނޑުގެ ތެރެއިން އެ ފަރާތްތަކަށް އަދާކުރެވޭނެ މަގާމެއް އޮތްނަމަ، މުވައްޒަފުންނަށް ވަޒީފާ ހަމަޖެއްސެވުމުގެ އާންމު އުސޫލުގެ ދަށުން މިކަން ކުރެއްވުމުގެ ބަދަލުގައި، ޚާއްޞަ ސްކީމެއްގެ ދަށުން، ޞިއްޙީ ދާއިރާއަށް ޚާއްޞަ އަވަސް ރެކްރޫޓްމަންޓް ޕްރޮސެސްއެއްގެ ތެރެއިން، މިފަދަ ފަރާތްތަކަށް ވަޒީފާ ހަމަޖެއްސުމަށް ވަނީ ނިންމަވާފައިން ނާޒިމް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އަދި 8 ގަޑިއަރަށްވުރެ މަދުން މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށް، އެފަރާތްތަކުން މަސައްކަތްކުރާ ވަގުތަށް ރިޢާޔަތްކޮށް، އުޖޫރައެއް ކަނޑައަޅުއްވައި، ދިވެހި ސިވިލް ސަރވިސް ގަވާއިދުގެ ތެރެއިން އެފަރާތްތަކަށް އެގޮތަށް މަސައްކަތްކުރުމުގެ ފުރުޞަތު ފަހިކޮށްދެއްވުމަށާއި، ވަޒީފާއިން ރިޓަޔަރ ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން އަދިވެސް ވަޒީފާ އަދާކުރުމުގެ ޤާބިލްކަން ހުރި ފަރާތްތަކަށް ކޮންޓްރެކްޓް އުސޫލުން ވަޒީފާ ހަމަޖެއްސެވުގެ ސިޔާސަތެއް ކަނޑައަޅުއްވައި އަމަލުކުރެއްވުމަށް ނިންމަވާފައިވާ ކަމުގައިވެސް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، އައު ސިޔާސަތު އެކުލަވާލެއްވަނީ، އެކަމާއި ގުޅޭ ގޮތުން މިނިސްޓްރީން ކޮށްފައިވާ ދިރާސާތަކުގެ މައްޗަށްވެސް ރިޢާޔަތްކުރައްވައިގެން ކަމަށެވެ. އޭގެ އެއް ބޭނުމަކީ ސިއްޙީ ދާއިރާގައި ޚިދުމަތް ކުރާ ދިވެހިންގެ އަދަދު އިތުރުކުރުން ކަމަށާއި މިހާރުވެސް ރާއްޖޭގެ ސިއްޙީދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ %56 އިންސައްތައަކީ ބިދޭސީންކަން ނާޒިމް ފާހަގަކުރެއްވިއެވެ.

ނާޒިމް އިތުރަށް ވިދާޅުވީ، ސިއްޙީ ދާއިރާގެ އިތުރުން ތައުލީމީ ދާއިރާ އާއި އެހެން މުހިއްމު ދާއިރާތަކުންވެސް މިފަދަ ސިޔާސަތެއް ކަނޑައަޅައި ތަންފީޒުކުރެއްވުމަކީ ސަރުކާރުން އެކަމާއި މެދު ވިސްނަމުންދާ ކަމެއް ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.