Advertisement

މާލެއަށް ކުރި ވިއްސާރައިގެ ތެރޭގައި އާޒިމާ ރައްޔިތުންގެ ހާލު ބެއްލެވުން --

03 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

އާޒިމާގެ މައްޗަށްކުރި ހުކުމް އޭނާ ދެކެނީ ޒާތީކަމެއްގެ ގޮތުގައި

މާލޭ ސިޓީގެ މޭޔަރުކަމުގެ މަްަޤާމަށް ވާދަކުރައްވަމުން ގެންދަވާ، ސަރުކާރު ކެންޑިޑޭޓް ކުރީގެ ބަންޑާރަ ނައިބު އަލްއުސްތާޛާ ޢާޢިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އިއްޔެ ސިވިލްކޯޓުން އިއްވި ޙުކުމަކީ، ޒާތީ ހަމަލާއެއްގެ ގޮތުގައި އާޒިމާ ސިފަކުރައްވައިފިއެވެ.

އާޒިމާގެ މޯލްޑިވުސް އިސްލާމިކް ބޭންކުން 2016 ވަނަ އަހަރު، ޑިމިނިޝިން މުޝާރަކް ޕްރޮޕަޓީ ފައިނޭންސިންގ ފެސިލިޓީގެ ދަށުން ނަގާފައިވާ، 3.1 މިލިޔަން ރުފިޔާ ޤަވާއިދުން ދައްކަމުން ނުދާތީ، ލޯނުގެ ، ޖޫރިމަނާ އާއި ޗެރިޓީގެ ގޮތުގައި ދައްކަންޖެހޭ ޖުމުލަ، 4.15 މިލިޔަން ރުފިޔާ، 6 މަސްދުވަހަށް ބަހާލައިގެން ޖުލައި 2024ގެ ކުރިން ދައްކައި ޚަލާސް ކުރުމަށެވެ.

އެމައްސަލައިގެ ޙުކުމް އިއްވުމަށް ބޭއްވި ޝަރީޢަތުގެ މަޖިލިސް އިއްޔެ ސިވިލްކޯޓުގައި އޮތް އިރު އެމައްސަލައިގެ ޝަރީއަތުގެ މަޖިލީހަަށް އާޒިމާ ހާޟިރުވެ ވަޑައިގެންފައެއް ނުވެއެވެ.

ސިވިލްކޯޓުގެ ޙުކުމާއި ގުޅިގެން އާޒިމާ ނެރުއްވި ބަޔާނުގައި ވިދާޅުވީ، އެކަމަނާއަށް އާމްދަނީ ލިބެމުން ދިޔައިރު ޤަވާއިދުން އެލޯނު ދައްކަމުން ގެންދިޔަ ކަމަށާއި، އެހެން ނަމަވެސް ފަހުން ލޯނު ނުދެއްކުނީ، އޭނާއާއި ދެކޮޅަށް ކުރީގެ ސަރުކާރުން އުފުލި ދައުވާތަކާއި އެކު އާމްދަނީ ހޯދުމަށް އެނާ ކުރަމުން އައި ޤާނޫނީ މަސައްކަތްތަކަށް ހުރަސް އެޅުމުންނާއި އަދި ރާއްޖެއިން ބޭރުން ލިބުނު ވަޒީފާގެ ފުރުޞަތު އެކަންކަމުގެ ސަބަބުން ބަންދުވެގެން ދިޔުމުގެ ސަބަބުންނެވެ.

އާޒިމާ ވިދާޅުވީ، އޭނާއަކީ ދައުލަތުގެ ބާރުގަދަ މަޤާމުތަކެއް ފުރުއްވި ބޭފުޅެއް ނަމަވެސް، އެކަމަނާއަށް ދައުލަތުން ލިބިވަޑައިގެންނެވި މުސާރަފުޅު ފިޔަވައި އެހެން އެއްވެސް އެއްޗެއްގައި އަތްޕުޅުލައްވާފައި ނުވާނެ ކަމަށެވެ.

އާޒިމާ ވިދާޅުވީ، އިސްލާމިކް ބޭންކަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް، އިސްވެ ތާވަލެއް އެކުލަވާލައްވައި، ލޯނު ރީސްޓްރަކްޗަރ ކުރެއްވުމަށް ބޭންކަން ހުށައަޅުއްވާފައިވާ ކަމަށެވެ. އަދި ރީސްޓްރަކްޗަރ ކުރުމުގެ މަޝްވަރާތައް ބޭންކާއި އެކު ކުރިޔަށް ދިޔައީ ޑިސެމްބަރު މިނިމުނު ޑިސެމްބަރު މަހުވެސް ކުރިޔަށް ދިޔަ ކަމަށާއި، އަދި އެގޮތަށް މަސައްކަތް ކުރަނިކޮށް އެޙުކުމް އެގޮތަށް އައުމުން، މައްސަަލަ ރިވިއު ކުރުމަށާއި، އިސްތިއުނާފް ކުރުމަށް ނިންމާފައިވާ ކަމުގައި އާޒިމާ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.