Advertisement

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުޢިއްޒާއި އިންޑިއާގެ ބޮޑުވަޒީރުގެ ކޮޕް-28ގައި ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން --

08 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

އިންޑިއާ އާއި ދިވެހިރާއްޖޭންވެސް ދެޤައުމުގެ ސަފީރުން ހާޟިރުކޮށް ސުވާލުކޮށްފި

އިންޑިއާ އާއި ދިވެހިރާއްޖޭގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުމާއި ދެސަރުކާރުގެ މެދުގައި އޮތް ގުޅުން ނުތަނަވެސް އިންޑިއާ އާއި ދިވެހިރާއްޖެއާ ދެޤައުމުންވެސް ސަފީރުން އެޤައުމެއް ޚާރިޖިއްޔާއަށް ޙާޟިރުކޮށް ސުވާލުކޮށްފިއެވެ.

އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައިވާ ސަފީރު، އިބްރާހިމް ޝަހީބް އިންޑިއާގެ އެކްސްޓާރނަލް އެފެއާޒް މިނިސްޓްރީއަށް ޙާޟިރުކޮށްފައި ވަނީ، ދިއްލީގެ ގަޑިން ހެނދުނު 9:30 އަށެވެ. އެގަޑިއަށް ރާއްޖޭގެ ސަފީރު، އިބްރާހިމް ޝަހީބު އިންޑިއާގެ އެކްސްޓާރނަލް އެފެއާޒް މިނިސްޓްރީއަށް ވަޑައިގެންނެވިއެވެ. އެހެން ނަމަވެސް އެބައްދަލުވުމާއި ގުޅޭ ގޮތުން ދިވެހި ޚާރިޖިއްޔާގެ ފަރާތުން މިހާތަނަށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުނޫ މަހާވަރު، މިއަދުގެ މެންދުރު 12:00އަށް ވަޑައިގެންނެވުމަށް ރާއްޖޭގެ ޚާރިޖިއްޔާއިން ދަންނަވާފައިވާ އިރު، އެއީ ކުރިން ހަމަޖެހިފައި އޮތް ބައްދަލުވުމެއް ކަމުގައި ވަނީ ރިޕޯޓްކޮށްގައެވެ.

އިންޑިއާ ހައިކޮމިޝަންގެ އެކްސް ޕޯސްޓް --

އިންޑިއާ ސަފީރު މުނޫ މަހާވަރު، ރާއްޖޭގެ ޚާރިޖިއްޔާގެ ފަރާތުން ބައްދަލުކުރެއްވީ، އެމްބެސެޑަރ އެޓް ލާޖް ޑޮކްޓަރ ޢަލީ ނަޞީރު މުޙައްމަދެވެ. މިބައްދަލު ކުރެއްވުމާއި ގުޅޭ ގޮތުން އިންޑިއާ ހައިކޮމިޝަނުން ބުނެފައި ވަނީ، މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.

އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްރީއަށް ދިއްލީގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ހާޟިރުކުރީ، މިޖެނުއަރީ މަހުގެ 4 ވަނަ ދުވަހު އިންޑިއާގެ ބެލުމުގެ ދަށުގައި އޮންނަ ލަކްޝަދީބަށް ޒިޔާރަތްކުރައްވައި، އިންޑިއާގެ ބޮޑުވަޒީރުގެ ސޯޝަލްމީޑިއާ އެކައުންޓްތަކުގައި ކުރި ޕޯސްޓްތަކަށް، ދިވެހި ސަރުކާރުގެ ވަޒީރުންގެ ނައިބުގެ ފެންވަރުގައި ތިއްބެވި ތިންބޭފުޅަކު، ބޮޑުވަޒީރު މޯދީއަށް ފުރައްސާރަ އާއި މަލާމާތްކޮށް ދެޤައުމުގެ ދެމެދުގައި އޮތް ގުޅުންތަކަށް ބުރޫއަރާފައިވާ ވަގުތެއްގައެވެ.

އެފަރާތްތަކުގެ އެއަމަލާއި ގުޅިގެން އެތިން ނައިބު ވަޒީރުން މަޤާމުން ސަސްޕެންޑްކޮށް ފިޔަވަޅު އަޅާފައި ވާއިރު، ޤައުމުތަކުގެ ވެރިންނާއިމެދު ކުޑައިމީސްކޮށް ފުރައްސާރަކޮށް ހަދާ ފަރާތްތަކާއި މެދު ފިޔަވަޅުތައް އަޅާނެ ކަމުގައި ރާއްޖޭގެ ފޮރިން މިނިސްޓްރީ އެއަމަލުތައް ކުއްވެރިކޮށް ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ޤައުމުތަކުގެ މެދުގައި އުފެދޭ ސިޔާސީ މައްސަލަ ތަކާއި ގުޅިގެން އެއްޤައުމުން އަނެއް ޤައުމެއްގެ ސަފީރުން ޙާޟިރުކޮށް ސުވާލު ކުރުމަކީ، އުފެދިފައިވާ މައްސަލަތަކާއި މެދު އެ ސަރުކާރަކުން ދެކޭ ގޮތް ހާމަކުރުމުގެ ގޮތުން އަޅާ ރަމްޒީ ފިޔަވަޅެކެވެ.

އިންޑިއާ އާއި ރާއްޖޭގެ ގުޅުން ނުތަނަވަސް ވެފައިވާ މިދަނޑިވަޅުގައި، ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ސަރުކާރު އެންމެ އިސްބޭފުޅުން މިއަދު ވަނީ ޗައިނާއަށް ވަޑައިގެންފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.