Advertisement

07 Jan 2024
ޚަބަރު
މިފްތާޙް މުޙައްމަދު

އިންޑިއާ އާއި ރާއްޖޭގެ "ކޯޅުން" ފިލްމީ ތަރި އަކްޝޭއާ ހިސާބަށް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އިންޑިއާގެ ޓެރިޓަރީއެއްގެ ގޮތުގައި އޮތް ލަކްޝަދީބަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ލަކްޝަދީބުގެ ޓުއަރިޒަމް ޕްރޮމޯޓް ކުރެއްވުމަށް، ސޯޝަލްމީޑިއާއަށް ދޫކޮށްލި ޕޯސްޓްތަކާ ގުޅިގެން ދިވެހިން ފަތުރަމުންދާ ނަފުރަތާއި ތަފާތު ކުރުމަކީ ބަލައި ގަނެވޭނެކަމެއް ނޫންކަމަށް، އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި އަކްޝޭ ކުމާރު ބުނެފިއެވެ.

އަކްޝޭ ކުމާރު "އެކްސް" ގައި ކޮށްފައިވާ ޕޯސްޓު

ދެ ދިވެއްސަކު އިންޑިއާ އާއި އެ ގައުމުގެ ޕްރައިމް މިނިސްޓަރ ނަރެންދްރަ މޯދީއަށް ރަށްދުކޮށް "އެކްސް" ގައި ކޮށްފައިވާ ޕޯސްޓުތަކެއްގެ ސްކްރީން ޝޮޓާއެކު އަކްޝޭ ކުރި ޕޯސްޓުގައި އިތުރަށް ބުނެފައިވަނީ، މިފަދަ ނޭދެވޭ އަމަލުތަކެއް ހިންގަމުން މި ގެންދަނީ ދިވެހިރާއްޖެއަށް އެންމެ ގިނައިން ޓުއަރިސްޓުން ފޮނުވަމުން އަންނަ ގައުމާ ދެކޮޅަށް ކަމަށެވެ. އަދި އިންޑިއާއަކީ އަވަށްޓެރި ގައުމުތަކަށް އަބަދުވެސް އެހީ ފޯރުވާ، ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމަކަށް ވީ ހިނދު، މިއީ ބަލައިގަނެވޭނެކަމެއް ނޫންކަން އަސަރާއެކު އޭނާވަނީ ފާހަގަކޮށްފައެވެ.

46 މިލިއަނަށް ވުރެން ގިނަ ފޮލޯވަރުން ތިބޭ، އަކްޝޭގެ ޕޯސްޓާއެކު ހިއްސާކޮށްފައިވާ ދިވެއްސެއްގެ އެއް ޕޯސްޓުގައި ވާގޮތުން، ޓުއަރިޒަމްގެ ދާއިރާއިން ރާއްޖެއާ ވާދަކުރެވޭނެކަމަށް ހީ ކުރުމަކީ ކުންހީއެކެވެ. އަދި ރާއްޖެއިން ދޭ ޚިދުމަތްތައް އެހެން ބަޔަކަށް ނުދެވޭނެ ކަމަށާއި، އެމީހުން (އިންޑިއާ މީހުން) އެހާ ތާހިރު ނުވާނެ ކަމަށާއި، އެތާގެ ކޮޓަރިތަކުން ދުވާ ނުބައި ވަހަކީ އެމީހުނަށް (އިންޑިއާ މީހުނަށް) އޮތް އެންމެ ބޮޑު ގޮންޖެހުމެވެ.

އަކްޝޭ ހިއްސާކޮށްފައިވާ ދިވެއްސެއްގެ އެއް ޕޯސްޓް

އަކްޝޭ ޕޯސްޓުގައި ދެން އޭނާ ފާހަގަ ކޮށްފައިވަނީ ދިވެއްސަކު "އެއީ މޯދީގެ ސަގާފަތް" ކަމުގައި ބުނެފައިވާ ތަންކޮޅެކެވެ. ދިވެއްސަކު މިހެން ބުނެފައިވަނީ އިންޑިއާ މީހުން އާންމު ތަންތަނަށް ބޮޑުކަމުދާ މަންޒަރެއް ހިއްސާ ކުރުމަށްފަހު، އޭނާ ބުނެފައިވާ ބުނުމެއްގެ ތެރޭގައެވެ.

އަކްޝޭ ހިއްސާކޮށްފައިވާ ދެވަނަ ޕޯސްޓު

މި ސަބަބުތަކާއި ހުރެ، ރާއްޖެއަށް އެތައް ފަހަރަކު ދަތުރުކޮށްފައިވާ އަކްޝޭ ބުނީ، އިހްތިރާމް ނުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. އަދި އިންޑިއާގެ ރަށްތައް ތަޖުރިބާކޮށް، ގައުމުގެ ޓުއަރިޒަމް ފުޅާ ކުރުމަށް މަސައްކަތް ކުރުމަށް އިންޑިއާގެ ރައްޔިތުންނަށް އަކްޝޭ ވަނީ ގޮވާލާފައެވެ.

އިންޑިއާގެ އެހެން ފިލްމީ ފަންނާނުންވެސް ދަނީ އެ ގައުމުގެ ފަތުރުވެރިކަން މަޝްހޫރު ކުރުމަށް ވަނީ ކެމްޕެއިނެއް ފަށާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.