Advertisement

ޢިލެކްޝަންސް ކޮމިޝަންގެ ނައިބު ރައިސް އިސްމާއީލް ޙްބީބު - ފޮޓޯ: ނޫން

07 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

މަޖިލީހުގެ އިންތިޚާބު ބާއްވާނެ ދުވަހެެއް މިހަފްތާގައި އިޢުލާނުކުރެވޭނެ ކަމުގައި އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާ ތާރީޚު މިއަދު އިއުލާންކުރުމަށް ކުރިން ނިންމި ނަމަވެސް އެކަން މިހާރު ފަސްކޮށްފައި ވާކަމަށާއި، މިހަފްތާ ތެރޭގައި މަޖިލީހުގެ އިންތިޚާބު ބޭއްވޭނޭ ތާރީޚެއް އިއުލާނު ކުރެވޭނެ ކަމުގައި އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު މިކަން އިއުލާނު ކުރެއްވީ ކޮމިޝަނުން މިއަދު ބޭއްވި

ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ޙަބީބު ވިދާޅުވީ ކުރިން މިއަދު ތާރީޚް އިއުލާނުކުރަން މަސައްކަތް ކުރި ނަމަވެސް އެކަން ފަސްކުރީ ކޮމިޝަންގެ ބައްދަލުވުމުގައި މިއަދު މަޝްވަރާކުރެއްވުމަށްފަހުގައި އިތުރަށް ސިޔާސީ ޕާޓީތަކާއެކު އެކަމާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ކަމަށެވެ.

މަޖިލިސް އިންތިޚާބު ރޯދަމަހުގެ ތެރޭގައި ނުބޭއްވުމަށް އެދި އެންމެ ބޮޑުޕާޓީ އެމްޑީޕީން ވަނީ އިލެކްޝަންސް ކޮމިޝަނަށް ސިޓީއެއް ފޮނުވާފައެވެ. އެކަމާއި ގުޅޭ ގޮތުން ޙަބީބު ވިދާޅުވީ އެމްޑީޕީއާއެކު މާދަމާ 11:30ގައި ބައްދަލުވުމެއް ބޭއްވުމަށް ކޮމިޝަނުން ނިންމަވާފައިވާ ކަމަށެވެ. އަދި ވީހާވެސް އަވަހަކަށް މަޖިލީހުގެ އިންތިޚާބު ބާއްވާ ތާރީޚު އިއުލާނު ކުރެއްވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އަދި މަޖިލިސް އިންތިޚާބާއި ގުޅޭ އެހެން ކަންކަންވެސް މިހާރު ކުރެވެމުންދާކަމުގައި ކޮމިޝަނުގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވިއެވެ.

މިއަހަރުގެ ރޯދަމަސް ފެށޭނީ، މާރިޗު 11 ގައެވެ. އަދި ރޯދަމަސް 9 އޭޕްރީލްގައި ނިމޭއިރު ހަރޯދަ ނިމޭނީ، އޭޕްރީލް މަހުގެ 16 ވަނަ ދުވަހުގައެވެ. ރޯދައިގެ ފަހަށް އިންތިޚާބު ލަސްކޮށްފިނަމަ، ޤާނޫނުގައި ބުނެފައިވާ މުއްދަތަށް އިންތިޚާބުގެ ކަންކަން ނިންމާނުލެވުމުގެ ފުރުޞަތު އޮންނާނެ ކަމުގައިވެސް އިލެކްޝަންސް ކޮމިޝަނުން ކުރިންވެސް ވަނީ ބުނެފައެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.