Advertisement

ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް ރައީސްކަމުގެ ހުވައި ކުރެއްވެވި މަޖިލީހުގައި ރައީސް ނަޝީދު (ވ) އާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ (ކ)

07 Jan 2024
ޚަބަރު
މިފްތާޙް މުޙައްމަދު

ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންގެ ވާހަކަތަކަކީ ސަރުކާރުގެ ޕޮލިސީ ނޫންކަން އިންޑިއާއަށް ހާމަކޮށްދިނުމަށް ރައީސް ނަޝީދު ގޮވާލައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންގެ ވާހަކަތަކަކީ ސަރުކާރުގެ ޕޮލިސީ ނޫންކަން އިންޑިއާއަށް ހާމަކޮށްދިނުމަށް ރައީސް މުޙައްމަދު ނަޝީދު ގޮވާލައިފިއެވެ.

ރައީސް ނަޝީދު "އެކްސް" ގައި ކުރެއްވެވި ޕޯސްޓް

ރައީސް ނަޝީދު މިގޮތަށް ގޮވާލެއްވީ، މިހާރުގެ ސަރުކާރުގެ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގައި ހުންނެވި އަލްފާޟިލާ މަރިޔަމް ޝިއުނާ "އެކްސް" ގައި، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއާ ގުޅުވައި ކުރެއްވެވި ޕޯސްޓަކާ ގުޅިގެންނެވެ. އެ ޕޯސްޓުގައި ބުނާ ގޮތުން މޯދީއަކީ ޖޯކަރެކެވެ. އަދި އޭނާއަކީ އިޒްރޭލުގެ "ޕަޕެޓް" އެކެވެ.

ޑެޕިއުޓީ މިނިސްޓަރ މަރިޔަމް ޝިއުނާ "އެކްސް" ގައި ކުރެއްވެވި ޕޯސްޓްގެ ސްކްރީން ޝޮޓެއް

މި ޕޯސްޓާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރުގެ އިސް މަގާމެއްގައި ހުންނަވައި، ރާއްޖޭގެ ސަލާމަތާއި އިގްތިޞާދާއި ގުޅުންހުރި މުހިންމު ގައުމެއްގެ ލީޑަރަކަށް ނިސްބަތްކޮށް މިފަދަ ބޭ އިޙްތިރާމާއި ބޭއަދަބީ ބަސްތަކެއް ބޭނުން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި މިފަދަ ކޮމެންޓުތަކުން ސަރުކާރާއި ސަރުކާރުގެ ވެރިން ދުރުވާން ޖެހޭނެކަމާއި، މި ފަދަ ކޮމެންޓުތަކަކީ ސަރުކާރުގެ ޕޮލިސީ ރަމްޒުކޮށްދޭ ކޮމެންޓުތަކެއް ނޫންކަން އިންޑިއާއަށް ހާމަކޮށްދިނުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒުއަށް އެދިވަޑައިގެންފައިވެއެވެ.

ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާއި، ސަރުކާރަށް ތާއީދުކުރައްވާ ބައެއް ބޭފުޅުންގެ ފަރާތުން މިފަދަ ޕޯސްޓުތައް ޕޯސްޓްކުރަން ފެށީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އިންޑިއާގެ ޓެރިޓަރީއެއްގެ ގޮތުގައި އޮތް ލަކްޝަދީބަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ލަކްޝަދީބުގެ ޓުއަރިޒަމް ޕްރޮމޯޓް ކުރެއްވުމަށް، ސޯޝަލްމީޑިއާއަށް ދޫކޮށްލި ޕޯސްޓްތަކާ ގުޅިގެންނެވެ. އަދި މި ރައްދުތަކާއި ގުޅިގެން ދެޤައުމުގެ ދެމެދުގައި ނުތަނަވަސްކަން ވެސް ވަނީ ބޮޑުވެފައެވެ.

މީގެ އިތުރުން މިކަމާ ގުޅިގެން ރާއްޖެއަށް ޗުއްޓީހޭދަކުރުމަށް އިންޑިއާގެ ރައްޔިތުން ނުދިޔުމަށް ގޮވާލައި އިންޑިއާގައި ސޯޝަލްމީޑިއާ ކެމްޕޭންތައް ވަރުގަދަ ކުރަމުންދާއިރު، ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައުމަށް ރާވާފައިވާ ބައެއް ފަރާތްތަކުން އެފަރާތްތަކުގެ ބުކިންތައް ކެންސަލްކޮށް ސޯޝަލް މީޑިއާގައި އެކަން ދަނީ ހާމަކުރަމުންނެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.