Advertisement

ފުރައްސާރަކުރި 3 ނައިބުން

07 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

އިންޑިއާގެ ބޮޑުވަޒީރަށް ފުރައްސާރަކުރި ޑެޕިއުޓީ މިނިސްޓަރުން ސަސްޕެންޑްކޮށްފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ، ލަކްޝަދީބު ދަތުރުފުޅުގައި ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓްތަކަށް ކޮމެންޓްކޮށް ފުރައްސާރަކުރި ތިން ނައިބުން މަޤާމުން ސަސްޕެންޑްކޮށްފިއެވެ.

މަޤާމުން ސަސްޕެންޑްކޮށްފައި ވަނީ، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި މަހުޒޫމް މާޖިދެވެ.

އެތިން ބޭފުޅުން މަޤާމުން ސަސްޕެންޑްކޮށްފައިވާ ކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން، އިބްރާހީމް ޚަލީލު ކަށަވަރުކޮށްދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ ނައިބުންގެ ފެންވަރުގައި އައްޔަނުކުރައްވާފައިވާ މިތިން ބޭފުޅުން ވަނީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް އަދި އިންޑިއާގެ އާއްމު ރައްޔިތުންނަށް ނިސްބަތްކޮށް އާއްމުއިޖުތިމާއީ މިންގަނޑާއި ޚިލާފަށް، އަދި، ބައިނަލްއަޤުވާމީ ޑިޕްލޮމަސީއާ، ރާއްޖޭގައި ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ޢަމަލުކުރުމަށް އެކަށައަޅާފައިވާ އުސޫލާއި ޚިލާފަށް އަމަލުކޮށްފައެވެ.

އެ ތިންބޭފުޅުން މަޤާމުން ސަސްޕެންޑްކޮށްފައި ވަނީ އެފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށާއި މަޤާމުން ވަކިކުރުމަށް އާއްމުންވެސް ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.