Advertisement

އިލެކްޝަންސް ކޮމިޝަނުން މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ---

07 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

އެކަކަށް ވުރެ ގިނަ މީހުން ބައިވެރިވެގެން ސިޔާސީ ޕާޓީ އުފައްދަން މިހާރު ހުށައެޅޭނެ: ޙަބީބު

އެކަކަށް ވުރެ ގިނަ މީހުން ބައިވެރިވެގެން ސިޔާސީ ޕާޓީތައް އުފެއްދޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ޤަވާއިދަށް ބަދަލު ގެނެސް ޢަމަލުކުރަން ފަށާފައިވާ ކަމުގައި އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަންގެ މަސައްކަތްތަކާއި ގުޅޭ ގޮތުން މީޑިއާތަކަށް މަޢުލޫމާތު ދެއްވުަމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް، އިސްމާޢީލް ޙަބީބު ވިދާޅުވީ، ޤަވާއިދަށް ގެނައި އިސްލާޙް މިހާރު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައިވާ ކަމަށެވެ.

އަދި އަލަސް ގެނެވުނު ބަދަލާއި އެކު މިހާރު، އެކަކަށްވުރެ ގިނަ މީހުންނަށް އެއްޕާޓީއެއް ރަޖިސްޓްރީ ކުރުމަށް މަސައްކަތް ކުރުމުގެ ހުއްދަ ދޫކުރެވޭނެ ކަމުގައި ޙަބީބު ވިދާޅުވިއެވެ.

ކުރިން އޮންނަ ގޮތުން ސިޔާސީ ޕާޓީއެއް އުފައްދަން ބޭނުންނަމަ، އެކަން އިލެކްޝަންސް ކޮމިޝަނަށް ހުށައެޅޭނީ ކޮންމެވެސް އެކެއްގެ ނަމުގައެވެ. އަދި ކޮމިޝަނުން ޕާޓީ އުފެއްދުމުގެ ހުއްދަ ދޫކުރަނީވެސް އެފަރާތެއްގެ ނަންމަތީގައެވެ.

ސިޔާސީ ޕާޓީތައް އުފެއްދުމުގައި މިކަމުގެ ކަންބޮޑުވުން ކުރިންވެސް ބައެއް ފަރާތްތަކުން ފާހަގަކުރި ނަމަވެސް މިފަހަރު އެކަން ބޮޑަށް ފެންމަތި ކުރީ، ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމުގެ ފަރާތްޕުޅުން ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރެއްވި ބޭފުޅުންނެވެ. ގިނަ ފަރާތްތަކެއް ބައިވެރިވެގެން ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދި ހުށައެޅޭ ގޮތަށް އޭރު ނޯންނާތީ، އެބޭފުޅުންވެސް ޕާޓީ އުފެއްދެވުމަށް ހުށައެޅުއްވީ، ރައީސް ޔާމީންގެ ދަރިކަލުން ޒެއިންގެ ނަންމަތީގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.