Advertisement

މުޙައްމަދު އަޙުމަދު ޙުސެއިން (ހަނަފީ) ކޮންޓްރޯލަރ ޖެނެރަލްގެ މަގާމުގައި ހުންނެވިއިރު، ފޮޓޯ: އިމިގްރޭޝަން

07 Jan 2024
ޚަބަރު
މިފްތާޙް މުޙައްމަދު

ސަރުކާރުގެ އިސް އޮފިޝަލުންގެ ބޭއަދަބީ އަމަލުތައް ހުއްޓުވަންޖެހޭ: ހަނަފީ

ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލްގެ މަގާމު އަދާކުރެއްވި މުޙައްމަދު އަޙުމަދު ޙުސެއިން (ހަނަފީ) ވެސް، މިހާރުގެ ސަރުކާރުގެ އިސް އޮފިޝަލުންގެ ފަރާތުން ފެންނަމުންދާ ބޭ އަދަބީ އަމަލުތައް ހުއްޓުވުމަށް ގޮވާލައިފިއެވެ.

ހަނަފީ "އެކްސް" ގައި ކުރެއްވި ޕޯސްޓް

މިކަމަށް އަލިއަޅުވާލައި ހަނަފީ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވައި، އަބަދުވެސް ރާއްޖެއަށް ގިނަ ގޮތްގޮތުން އެހީތެރިވެދެއްވަމުން އަންނަ އަވައްޓެރި އިންޑިއާގެ ސަރުކާރުގެ އެންމެ އިސް ބޭފުޅާ، އެ ގައުމުގެ ޕްރައިމް މިނިސްޓަރ ނަރެންދްރަ މޯދީއަށް ބޭ އިޙްތިރާމާއި ބޭއަދަބީ ބަސްތަކެއް ބޭނުން ކުރުމަކީ ދެ ގައުމުގެ ދޭތެރޭގައި އޮތް ތާރީހީ އެކުވެރިކަމަށް ބުރު އަރާނެކަމެއް ކަމަށެވެ. އަދި އޭނާވަނީ އެފަދަ އޮފިޝަލުންނަށް ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލާފައެވެ. އެހެންނޫންނަމަ، ރާއްޖެ ފަދަ އެކްސްޕޯޓަށް ބިނާ ވެފައި އޮތް ގައުމަކަށް، މި ކަމުގެ ސަބަބުން ދަތި ކުރުންތައް ކުރިމަތިވާނެކަމަށް ބެލެވޭކަމަށް ވެސް އޭނާ ފާހަގަ ކުރެއްވެވިއެވެ.

މީގެ އިތުރުން، ކުރީގެ ދިއްގަރު ދާއިރާގެ މެމްބަރު، އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ފާރިޝް މައުމޫން ވެސް ވަނީ މި މައްސަލައިގައި ހިމެނޭ އޮފިޝަލުންގެ އަމަލުތައް ސަރުކާރުން ކުށްވެރިކުރަން ޖެހޭނެކަމަށް ބުނެ "އެކްސް" ގައި ޕޯސްޓެއް ކޮށްފައެވެ. އަދި މިކަމަށް އެދެވޭ ފިޔަވަޅެއް ނާޅައިފިނަމަ، މިއީ ސަރުކާރުގެ ކޮމެންޓުތަކެއްކަމަށް ދެކުމުގެ ފުރުސަތު އޮންނާނެކަމަށް އޭނާ ފާހަގަ ކުރެއްވެވިއެވެ.

ފާރިޝް މައުމޫން "އެކްސް" ގައި ކުރެއްވި ޕޯސްޓް

ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާއި، ސަރުކާރަށް ތާއީދުކުރައްވާ ބައެއް ބޭފުޅުންގެ ފަރާތުން މިފަދަ ޕޯސްޓުތައް ޕޯސްޓްކުރަން ފެށީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އިންޑިއާގެ ޓެރިޓަރީއެއްގެ ގޮތުގައި އޮތް ލަކްޝަދީބަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ލަކްޝަދީބުގެ ޓުއަރިޒަމް ޕްރޮމޯޓް ކުރެއްވުމަށް، ސޯޝަލްމީޑިއާއަށް ދޫކޮށްލި ޕޯސްޓްތަކާ ގުޅިގެންނެވެ. އަދި މި ރައްދުތަކާއި ގުޅިގެން ދެޤައުމުގެ ދެމެދުގައި ނުތަނަވަސްކަން ވެސް ވަނީ ބޮޑުވެފައެވެ.

މީގެ އިތުރުން މިކަމާ ގުޅިގެން ރާއްޖެއަށް ޗުއްޓީހޭދަކުރުމަށް އިންޑިއާގެ ރައްޔިތުން ނުދިޔުމަށް ގޮވާލައި އިންޑިއާގައި ސޯޝަލްމީޑިއާ ކެމްޕޭންތައް ވަރުގަދަ ކުރަމުންދާއިރު، ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައުމަށް ރާވާފައިވާ ބައެއް ފަރާތްތަކުން އެފަރާތްތަކުގެ ބުކިންތައް ކެންސަލްކޮށް ސޯޝަލް މީޑިއާގައި އެކަން ދަނީ ހާމަކުރަމުންނެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.