Advertisement

މާލޭ ސިޓީގެ މޭޔަރު އިންތިޚާބުގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އައިޝަތު ޢާޒިމާ ޝަކޫރު --

08 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

އާޒިމާގެ އިތުރު މައްސަލައެއް ކޯޓުގައި އޮތް ކަމަށް ބުނެ ރާއްޖޭގެ ނޫހަކުން ފެތުރީ ދޮގު މައުލޫމާތެއް ކަމަށާއި އެކަމާއި ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމުގައި އާޒިމާ ވިދާޅުވެއްޖެ

ސަރުކާރު ކޯލިޝަންގެ ފަރާތުން މާލޭ ސިޓީގެ މޭޔަރުގެ މަޤާމަށް ވާދަކުރައްވާ، އާޒިމާގެ އިތުރު މައްސަލައެއް ކޯޓުގައި އޮތް ކަމަށް ބުނެ ރާއްޖޭގެ ނޫހަކުން ފެތުރީ ދޮގު މައުލޫމާތެއް ކަމަށާއި އެކަމާއި ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމުގައި އާޒިމާ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ވަރަށް ގިނަ އިސް މަޤާމުތަކެއް ފުރުއްވާފައިވާ، އާޒިމާ ވިދާޅުވީ، ރާއްޖޭގެ ނޫހަކު އެކަމަނާގެ ދަރަންޏާއި ގުޅޭ އިތުރު މައްސަލައެއް ކޯޓުގައި އޮތްކަމަށް ބުނެ ޚަބަރު ފަތުރާފައި ވިޔަސް، ކޯޓުގައި އެފަދަ މައްސަލައެއް ނެތްކަން ކަށަވަރު ކުރައްވާފައިވާކަމަށެވެ. އަދި އެނޫހުން އެޚަބަރު ފެތުރުމުގައި ޢަމަލުކޮށްފައި ވަނީ އެންމެ ރަނގަޅަށް ނޫން ކަމަށާއި، އެކަމުގެ ސަބަބުން އެކަމަނާގެ އިންތިޚާބީ ޚައްޤަކަށް ހުރަސް އެޅިގެންދާކަމަށެވެ. އަދި އެއި އަބުރުގެ މައްސަލައަކަށް ވުރެ ބޮޑަށް ޖިނާޢީ މައްސަލައެއް ކަމުގައިވެސް އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ، އެކަމަނާގެ ކަންބޮޑުވުމަކީ، ރަޖިސްޓްރީކޮށްގެން ހިންގާ ރާއްޖޭގެ ނޫހަކުން މަޢުލޫމާތު ސާފުކުރަންވީ މިންވަރަށް މައުލޫމާތު ސާފުނުކޮށް އަދި އެފަރާތަށް އާޒިމާގެ ފަރާތުން މައުލޫމާތު ދިނުމަށް އެކަށީގެންވާ ވަގުތުވެސް ނުދީ އެފަދަ ޚަބަރެއް ޝާއިޢުކުރުން ކަމަށެވެ. އެހެންކަމުގައި އެކަމުގައި އެޅެންހުރި ފިޔަވަޅުތައް ބައްލަވައި އެމައްސަލައިގައި ކުރިޔަށް ވަޑައިގެންނެވުމަށް ވިސްނަވާފައިވާ ކަމުގައި އާޒިމާ ވިދާޅުވިއެވެ.

އަންނަ ހޮނިހިރު ދުވަހު މާލޭ ސިޓީގެ މޭޔަރު އިންތިޚާބު ކުރުމުގެ ބައި- އިލެކްޝަން ބޭްއްވުމަށް ތައްޔާރުވަމުން އަންނައިރު، ކެންޑިޑޭޓުންނަށް އެންޓި ކެމްޕޭން ކުރުމުގެ މައްސަލަތަކާއި ކެނޑިޑޭޓުންގެ އަނބުރާ ޤަދަރަށް އަދިކަރާމާތަށް ގެއްލުން ލިބޭ ގޮތަށް ސޯޝަލް މީޑިއާ އާއި އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން ބައެއް ފަރާތްތަކުން އަމަލުކުރާ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.