Advertisement

ޖެންޑަރ މިނިސްޓަރ ފިޔަވަތީގައި ތިބޭ ކުދިންނަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން --

09 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ޢިޖުތިމާޢީ ޚިދުމަތްތެރިންނާއި ކައުންސިލިން ދާއިރާ އިން މީހުން ތަމްރީނު ކުރުމުގެ ކޯސްތަކެއް ފަށަނީ

ޢިޖުތިމާޢީ ޚިދުމަތްތެރިންނާއި ކައުންސިލިން ދާއިރާ އިން މީހުން ތަމްރީނު ކުރުމުގެ ގޮތުން ކޯސްތަކެއް ހިންގުމަށް ރާވައި އެމަސައްކަތް ފަށާފައިވާ ކަމުގައި، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެވުޒާރާއިން ބުނީ، މިކޯސްތައް ހިންގުމަށް ނިންމާފައި ވަނީ އެވުޒާރާ އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގުޅިގެން ކަމަށެވެ. މިގޮތުން، ހިންގުމަށް ހަމަޖައްސާފައިވާ ކޯސްތަކުގެ ތެރޭގައި، އެޑްވާންސް ސެޓްފިކެޓުން ފެށިގެން މާސްޓާސްއާ ދެމެދުގެ ކޯސްތަކެވެ. އަދި މިކޯސްތަކުގެ ފުރަތަމަ ބުރުގައި، 100 ފަރާތަކަށް ބައިވެރި ވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައި ކަމުގައިވެސް އެވުޒާރާއިން ވަނީ ބުނެފައެވެ.  

މި ކޯސްތަކުގެ ތެރޭގައި ސޯޝަލް ސަރވިސް ދާއިރާއިން އެޑްވާންސް ސެޓިފިކެޓް އަދި ބެޗެލަރސް ޑިގްރީއަށް ކިޔަވައިދޭ ކޯސްތަކާއި، ކައުންސިލިން ދާއިރާއިން ބެޗެލަރސް ޑިގްރީއަށް ކިޔަވައިދޭ ކޯސްތައް ހިމެނޭނެ ކަމުގައިވެސް އެވުޒާރާއިން ވަނީ ހާމަކޮށްފައެވެ. އަދި މި ކޯސްތައް ދެ ބުރަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އިރު ފެބްރުއަރީ އަދި އޮގަސްޓު މަހު ކޯސްތަކުގައި ބައިވެރިވުމަށް ހުޅުވާލާނެ ކަމުގައިވެސް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

އެވުޒާރާއިން ބުނީ، މި ކޯސްތަކުގެ ފުރަތަމަ ބުރު ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި ކަމަށާއި، ކޯހާއި ގުޅޭ އިތުރު މަޢުލޫމާތު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވެބްސައިޓުން އަދި ހޮޓްލައިން 1445އިން ލިބޭނެ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.