Advertisement

ފޮޓޯ: ރައީސް އޮފީސް

09 Jan 2024
ޚަބަރު

އަރބަން އައިލްގެ ކޮމާރޝަލް ސްޕައިން ތަރައްގީކުރުމަށް ޗައިނާގެ ކުންފުންޏަކަށް

އަރބަން އައިލްގެ ކޮމާރޝަލް ސްޕައިން ތަރައްގީކުރުމަށް ޗައިނާގެ ކޮންސްޓްރަކްޝަން އިންވެސްޓްމެންޓް ގްރޫޕާއިއެކު އެޗްޑީސީއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކޮށްފައިވަނީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދެވެ.

ކޮމާރޝަލް ސްޕައިންއަކީ ހުޅުމާލޭގެ ޓޫރިޒަމް ޒޯނުގެ ގޮތުގައި ތަރައްގީ ކުރެވެމުންދާ އަރބަން އައިލްގައި ވިޔަފާރި ހަރަކާތްތަކަށް ހާއްސަކުރެވިފައިވާ އިމާރާތްތަކެވެ. އެގޮތުން މިއޭރިއާގެ ޓޫރިޒަމް ބުޓީކްތަކާއި ހޮޓާތަކަށް ބޭނުންވާ ހިދުމަތްތައް މި ސްޕައިން މެދުވެރިކޮށް ލިބިގެންދާނެއެވެ.

ކޮމާރޝަލް ސްޕައިންގެ މި މަޝްރޫއަށް ޖުމްލަކޮށް 50 މިލިއަން ޑޮލަރު ހޭދަވެގެންދާނެއެވެ. އެގޮތުން މި ޕްރޮޖެކްޓްގެ ދަށުން ހެދޭ ހަތް އިމަރާތް ވާނީ ގުޅިފައެވެ. އެއީ ކޮމާރޝަލް 6 އިމާރާތަކާއި 1 ސަޕޯރޓިންގ ހިދުމަތްތައް ދިނުމަށް ހަދާ އިމާރާތެވެ. މި ތަންތަނުން ރީޓެއިލް ފިހާރަތަކާއި ވެލްނެސް އަދި އެންޓަރޓެއިންމެންޓްގެ ހިދުމަތްތަކުގެ އިތުރުން، ބޭންކިނގ ފަދަ އިތުރު ތަފާތު ހިދުމަތްތައް ފޯރުކޮށްދެވިގެންދާނެކަމަށް އާބަންކޯއިން ބުނެއެވެ. މި އިމާރާތްތަކަށް ސްޕައިންގެ ނަމުން ނަންދެވިފައިވަނީ މި އިމާރާތްތައް ގުޅާލެވިފައިވާތީއެވެ.

މި ސްޕައިން ހެދިގެންދާނީ 290،000 އަކަފޫޓުގެ ސަރަހައްދެއްގައި 3-4 ފްލޯއަށެވެ. އަދި މި ސްޕައިން ވެގެންދާނީ މާލެ ސަރަހައްދުގެ އެންމެ ފާހަގަކޮށްލެވޭ އެއް ސްޓްރަކްޗާއަށެވެ. އަދި ހަމަ އެހެންމެ ރާއްޖޭގެ އެންމެ ބޮޑު ކޮމާޝިއަލް ޒޯނަށެވެ. މި ސްޕައިން ތަރައްގީކުރެވުމުގެ ސަބަބުން ތަފާތު ގިނަގުނަ ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނެއެވެ. މިއާއެކު މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިމެނޭ މި ސަރަހައްދުގައި ގެސްޓްހައުސް ޓޫރިޒްމަ ފުޅާވެގެންދާނެއެވެ. އަދި މި ސަރަހައްދުގެ އިމާރާތްތައް ނިމުމުން ވިޔަފާރިތަކަށް އިމާރާތްތައް ކުއްޔަށް ހިފުމުގެ ފުރުސަތު ދެވިގެންދާނެއެވެ..

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.