Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ފޮރިން މިނިސްޓަރ މޫސާ ޒަމީރު --

08 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ޑެޕިއުޓީ މިނިސްޓަރުންގެ އަމަލުތަކަށް ދިވެހި ސަރުކާރުން މަޢާފަށް ނޭދޭތީ ފޮރިން މިނިސްޓަރާއި ސުވާލު ކުރަނީ

މިސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށާއި އިންޑިއާގެ ރައްޔިތުންނަށް ފުރައްސާރަކޮށް އެކްސްގައި ކުރި ޕޯސްޓްތަކާއި ގުޅިގެން ދިވެހި ސަރުކާރުން ރަސްމީ ސިފައެއްގައި މަޢާފަށް ނުއެދޭތީ، ފޮރިން މިނިސްޓަރ މޫސާ ޒަމީރު ރައްޔިތުންގެ މަޖިލީހަށް ޙާޟިރުކޮށް ސުވާލުކުރަން ހުށައަޅައިފިއެވެ.

ފޮރިން މިނިސްޓަރ މަޖިލީހަށް ހާޟިރުކުރެއްވުމަށް މަޖިލީހަށް ހުށައަޅުއްވާފައި ވަނީ، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަޙްމަދު ނަސީމެވެ.

މަޖިލީހަށް މީކާއީލް ހުށައަޅުއްވާފައިވާ ސުވާލަކީ، ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާގެ ބޮޑުވަޒީރަށް ސޯޝަލް މީޑިއާގައި ފުރައްސާރަކޮށް ކުޑައިމީސް ކުރުމުން ވެސް ސަރުކާރުގެ ފަރާތުން ރަސްމީ ސިފައެއްގައި މައާފަށް އެދިފައި ނުވަނީ ކީއްވެތޯ؟ އާއި އެކަމާ ގުޅިގެން އެ ޑެޕިއުޓީ މިނިސްޓަރުން މަގާމުން ވަކިނުކުރަނީ ކީއްވެތޯ؟ އެވެ.

އިންޑިއާގެ ބޮޑުވަޒީރާއި، އެޤައުމުގެ ރައްޔިތުންނަށް ފުރައްސާރަކުރުމުގެ ސަބަބުން ދެޤައުމުގެ ދެމެދުގައި އޮތް ގުޅުންތައް ގޯސްވެ އެކަމުގެ ސަބަބުން ރާއްޖޭގެ އިޤުތިޞާދަށް ގެއްލުންތައް ވަމުންދާކަންވެސް މީކާއީލް ނަސީމް ވަނީ ފާހަގަކުރައްވާފައެވެ.

ވަރަށް އާދައިގެ ވަޒީފާ ތަކެއްގައި ތިއްބެވި ތިންބޭފުޅަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި ނައިބު ވަޒީރުކަމުގެ މަޤާމުތައް ދެއްވި އިރު، އެފަރާތްތަކުގެ ސްލޫކާއި އަޚުލާޤާއިމެދު ކުރިިންވެސް ސިޔާސީ ފަރާތްތަކުންނާއި ސަރުކާރާއި ދެކޮޅު ފަރާތްތަކުންވެސް ސުވާލު އުފެއްދިއެވެ. އަދި މިމައްސަލަ ދިމާވުމުންވެސް އެކަމުގައި ސަރުކާރުން ޢަމަލުކުރަމުން އަންނަ ފިނި ގޮތުގެ ސަބަބުން މަޝްރަޙް އިތުރަށް ގޯސްވަމުން އަންނަ ކަން ސިޔާސީ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

ފޮރިން މިނިސްޓަރ މޫސާ ޒަމީރާއި ސުވާލުކުރެއްވުމަށް ހުށައަޅުއްވާފައި ވާއިރު، ރައްޔިތުންގެ މަޖިލީސް މިވަގުތު އޮތީ ޗުއްޓީގައެވެ. އަދި ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރުވެސް ހުންނެވީ، ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފުދާއިއެކު ޗައިނާގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.